ރައީސް އިބުރޭގެ މިނިސްޓަރު ނަހުލާ ދައުލަތުގެ 450،000 ރުފިޔާ ބަނޑުއަޅާލި މައްސަލައެއް ފެންމަތިވެއްޖެ
ދެންމެ | 02 ސެޕްޓެމްބަރ 2023

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގާނޫނާ ޚިލާފަށް 450،000 ރުފިޔާ ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ނަހުލާ ޤާނޫނާ ޚިލާފަށް 450،000 ރުފިޔާ ނެންގެވުމަށްފަހު އެ މައްސަލަ ވަނީ މިނިސްޓްރީގެ ބިޑް ކޮމެޓީގެ ބޮލަށް ޖައްސަވާފައެވެ.

އެ މައްސަލާގައި ޓްރާންޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ހިމެނޭހެން ބިޑް ކޮމެޓީ އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

އަދި އެ ބަޔާންތަކަށް ފަހު އެއީ ސާބިތުވާ މައްސަލައަކަށް ނުވާތީ އެ މައްސަލަ ވަނީ އަލުން އަނބުރާ ނަގާފައެވެ.

މިނިސްޓްރީގެ ބިޑް ކޮމެޓީގެ ބަޔާން ނަގާފައިވަނީ އެއްގަމު އުޅަނދު ވެހިކަލް ނަންބަރު ޕްލޭޓްތައްކާއި ގުޅޭ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެންނެވެ.

މައްސަލައާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ހަމަދުއަށްވެސް ދައުވާ ކޮށްފައިވާއިރު އޭނާ ވަނީ އެކަމާއި ގުޅިގެން މީގެ ކުރިން ބަޔާނެއްވެސް ނެރެފައެވެ. ހަމަދު ވިދާޅުވެފައި ވަނީ ގާނޫނާ ޚިލާފު އެފަދަ އެއްވެސް މައްސަލައެއްގައި އޭނާގެ ބައިވެރި ވުމެއް ނޯންނެކަމަށެވެ.

ޤާނޫނާ ޚިލާފަށް މިނިސްޓަރު ނަހުލާ ނެންގެވި ފައިސާތަކެއްގެ މައްސަލަ އެހެން ބަޔެއްގެ ބޮލަށް ޖައްސަވާފައިވާކަމަށް މައުލޫމާތު ލިބިފައިވާއިރު މިނިސްޓަރު ނަހުލާ މަގާމަށް ވަޑައިގެންނެވީ އަތުގައި 2000 ރުފިޔާ އޮވެގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް މިހާރު މިނިސްޓަރުގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދުން އެ ގެންގުޅޭ ފައިސާ އަކީ ކޮން ފައިސާއެއްކަން ވަރަށް ބޮޑަށް ސުވާލު އުފެދޭކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިނިސްޓަރު ނަހުލާގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ރައީސް އޮފީހުގެ ވެބްސައިޓުގައި މިނިސްޓަރު ނަހުލާގެ މާލީ ބަޔާން ވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!