ފިރިހެނާ އެވެ. ތިބާގެ އަނބިގޮއްޔަ އުފާ ކޮށްލަދީ!
ދެންމެ | 12 ޖޫން 2024
  • ފުރަތަމައިނުން ވެސް، އޭނާ އެންމެ އުފާވަނީ ތިބާ ކޮން ކަންތައްތަކެއް ކޮށްދިނީމާތޯ އަނބިމީހާ ގާތުގައި އަހާއެވެ. މިއީ ތިބާގެ އަނބިމީހާގެ ގާތުން ކުރެވޭނެ އެންމެ މުހިންމު ސުވާލެވެ.
  • ހުސްނުވާ ވަރަށް އޭނާ ދެކެ ލޯބިވާށެވެ. އަދި އޭނާ ބޭނުންވާ ސަމާލުކަމާއި ހިތްހަމަޖެހުމާއި އަޅާލުމާއި މަޑުމައިތިރިކަން ދޭށެވެ.
  • އޭނާއާ މެދު ސާފު ތޯހިރުކޮށް އަމަލު ކުރާށެވެ.
  • ތިބާއަކީ އޭނާގެ ބޮލުގެ ރިހުމަކަށް ނުވާށެވެ. ތިބާއަކީ އޭނާގެ އަނިޔާއަކަށް ނުވާށެވެ.
  • އޭނާ އުފާކޮށްދޭށެވެ. ތިބާއާ ކައިވެނި ކުރުމަކީ އޭނާއަށް ހެދުނު ގޯހެއްކަމުގެ އިހުސާސް ކުރުމަށް ދުވަހަކު ވެސް ފުރުސަތު ނުދޭށެވެ.
  • ދުވަހަކު ވެސް އޭނާއާ އެހެން މީހަކާ އަޅާ ނުކިޔައިށެވެ. އެއީ ދިރިހުރި ނުވަތަ މަރުވެފައިވާ މީހަކަށް ވިޔަސް ހެވެވެ. އަޅާނުކިޔާށެވެ.
  • އޭނާއަށް ދުވަހެއްކޮޅުން ވެސް ބޭވަފާތެރި ނުވާށެވެ. އޭނާގެ ފަރާތުން ނުލިބޭނެ ކަމެއް އެހެން އެއްވެސް އަންހެނެއްގެ ފަރާތުން ވެސް ނުލިބޭނެއެވެ. އެހެން އަންހެނެއްގެ ފަރާތުން ޖިންސީ އުފަލެއް ހޯދައިލުމަށް ތިބާގެ ހަޔާތް ނުރައްކަލަށް ހުށަނާޅާށެވެ.
  • އޭނާ ކޮންމެ ކަމެއް ކުރިއަސް ދުވަހަކު ވެސް އޭނާއާ ދިމާއަށް އަތް އިސްނުކުރާށެވެ. އޭނާއަކީ ތިބާގެ ނާމުސޫތްޕެއް ނޫނެވެ. ހަގީގީ ފިރިހެނުން އަންހެނުންނަށް ޖިސްމާނީ އަނިޔާއެއް ނުކުރާނެއެވެ.
  • ތިބާއާ އޭނާ މުއާމަލާތް ކުރާ އޭނާގެ ލޯބީގެ ބަސްކޮށާރު ދަސްކުރާށެވެ. އަދި އެ ގޮތަށް އޭނާއާ ވެސް މުހާތަބު ކުރާށެވެ. އެއީ ބަހުން ކަމަށް ވެސް ވެދާނެއެވެ. ނޫނީ ހަދިޔާއިންނެވެ. ނޫނީ ގައިގައި ފިރުމާލާ ފިރުމާލުމަކުންނެވެ. ނޫނީ އެހެނިހެން ވެސް ހަރަކާތަކުންނެވެ. އޭނާއާ މެދު އިހުތިރާމު ކުރުމަށް ބަސް ބޭނުންކުރާނަ ނަމަ، އޭނާ ދެކެ ލޯބިވާ ކަމަށް ގިނަގިނައިން ބުނާށެވެ. އަދި އޭނާގެ ހުރިހާ ކަމެއް ބަލައިގަނެ، އެކަން އަގުކުރާށެވެ. އޭނާ އުފާވާނެ ކަހަލަ ކަންތައްތައް ކޮށްދޭން ބޭނުން ނަމަ، އޭނާ ބަލައިގަންނާނެ ޒާތުގެ ކަންތައްތައް އޭނާއަށް ކޮށްދޭށެވެ.
  • ތިބާގެ އާއިލާގެ މީހަކު އޭނާއަށް ބަދުބަހެއް ބުނިޔަނުދޭށެވެ. ނުވަތަ އޭނާގެ ހަޔާތް އަބާއްޖަވެރިކުރިޔަ ނުދޭށެވެ.
  • އޭނާއާ މެދު މަޑުމައިތިރިކަމާއެކު ކަންތައްތައް ކުރާށެވެ. އޭނާއާމެދު ނިޔަނެތިކަމާއެކު އަމަލު ކުރާށެވެ.
  • އޭނާއަކީ ތިބާގެ އެންމެ މުހިންމު މީހާ ކަމުގައި ދެކޭށެވެ. ތިބާގެ ހުރިހާ ކަމެއްގެ 100 ޕަސެންޓް އޭނާއަށް ދޭށެވެ.
  • އޭނާއަށްޓަކައި އަބަދުމެ ދުއާކުރުންމަތީ ދެމިހުންނާށެވެ.
  • އޭނާއާއެކު ކުޅިވަރު ކުޅޭށެވެ. އޭނާގެ މާހައުލަކީ ނުކިއްސަރު ތަނަކަށް ނުހަދާށެވެ.
  • އޭނާ ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާށެވެ. ސްމާޓްފޯން އެއްފަރާތުގައި ބާއްވައިފައި އޭނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އަޑުއަހާށެވެ.
  • ކޮންމެ ފަދަ ކުށެއް ކުރިއަސް އޭނާއަށް މައާފުކުރާށެވެ. ލޯތްބަކީ މައާފުކުރުމެކެވެ.
  • އޭނާގެ ކުރިމަގާމެދު އޭނާ ދެކޭ ގޮތަށް ތަރުހީބު ދޭށެވެ. ތިބާއާ އޭނާ ކައިވެނިކޮށްގެން ހުއްޓަސް، އޭނާގެ ހުވަފެންތަކަށް ފަސްނާޅާށެވެ.
  • އޭނާއަށް ހިތްވަރުދޭށެވެ. ތިބާ ވާންޖެހޭނީ އޭނާއަށް ހިތްވަރު ދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނަ މީހާއަށެވެ.
  • ކޮންމެ ޖިސްމާނީ އަދި ރޫހީ ހަމަލާއަކުން އޭނާ ރައްކާތެރިކޮށްދޭށެވެ.
  • އޭނާގެ ޖިންސީ ބޭނުންތައް ފުއްދައިދޭށެވެ. ތިބާގެ ހަށިގަނޑުން އެއްވެސް ބަޔަކީ އޭނާއާ ހިއްސާ ނުކުރާ ބައެއް ކަމުގައި ނުހަދާށެވެ.
  • އޭނާއަކީ ރީތި މީހެއް ކަމަށް އަބަދުވެސް ބުނާށެވެ.
  • އޮންލައިންކޮށް ވިޔަސް އަދި އޮފްލައިންކޮށް ވިޔަސް، އޭނާގެ ހުރިހާ ކަމެއް އެއީ އުފާ ފާޅުކުރަންޖެހޭ ކަމެކެވެ.
  • އޭނާގެ ހުރިހާ ކަމެއް ރީތި ކުރުމަށްޓަކައި ފައިސާ ހޭދަކުރާށެވެ.
  • އޭނާއަކީ ތިބާގެ ރީތީގެ ރާނީގެ ގޮތުގައި ތިބާ އޭނާއާމެދު އަމަލު ކުރާށެވެ.
  • އޭނާއަށް ހަދިޔާ ދިނުމުގައި ދެމިހުންނާށެވެ.
  • އޭނާއަށް ބޭނުންވާނެ އާ އަންނައުނު ގަނތްދޭށެވެ. އޭގެ ތެރޭގައި އެތެރެއިންލާ އަންނައުނު ވެސް ހިމެނޭ ގޮތަށެވެ. އޭނާއަށް އަތްދަބަސް ގަނތްދޭށެވެ. އަދި އަރާނެ ފައިވާނާއި، ލާނެ ހެދުމާއި، ގައިގެ އެކި ތަންތަނުގައި އުނގުޅައިދޭނެ ކްރީމާއި ހަށިގަނޑާއި ހެދުމަށް ޖަހާނެ ސެންޓާއި، ކާނެ ޗޮކްލެޓާއި މޭވާ އާއި ކޭކާއި އައިސްކްރީމާއި ބިސްކޯދާއި އަދި ލުއިކާނާ ވެސް ގަނތްދޭށެވެ.
  • ފައިވާނާއި އަތްދަބަހާއި އަންނައުނު ދެކެ އެންހެނުންވާ ލޯތްބަކީ އެއަށް ނިމުމެއްވާ ކަމެއް ނޫނެވެ.
  • ހަނދާނުގައި ބަހައްޓާށެވެ؛ ލޯތްބަކީ ގުދުރަތީ ކަމެކެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!