އަންނާރު އޮށުން ޖިސްމަށް ވަރަށް ފައިދާ ކުރޭ!
ދެންމެ | 12 ޖޫން 2024

އަންނާރަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު މޭވާއެކެވެ. މިއީ ރާއްޖޭގައި މަދުން ނަމަވެސް ހައްދާ މޭވާ އެކެވެ.

އަންނާރުގެ ތޮށްޓަކީ ދިވެހިން އެއްވެސް ގޮތަކަށް ބޭނުން ކުރާ އެއްޗެއް ނޫނެވެ. މިއީ ވަރަށް ހަރު އަދި ހިތި އެއްޗަކަށް ވުމުން އަންނާރުގެ އޮށްތައް ނެގުމަށްފަހު ތޮށިތައް ވަގުތުން އުކާލާނީއެވެ.

ނަމަވެސް އަންނާރު ތޮށިން ވެސް ހަށިގަނޑަށް އެހާމެ ފައިދާ ލިބެއެވެ. އަންނާރުގެ ތޮށިން ފައިދާ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބޭނުންކޮށްފައިވާ ތޮށިތައް ހިއްކުމަށްޓަކައި ފިހެލުމެވެ. އަވަނުގައި 20 ވަރަކަށް މިނެޓުގައި ތޮށި ފިހެލުމުން އާންމުގޮތެއްގައި ތޮށިތައް ހިކޭނެއެވެ. ދެން ކުރަން ޖެހޭނެ ކަމަކީ އެ ތޮށިތައް ބްލެންޑަރެއް ބޭނުންކޮށްގެން މުގުރާލައި ތޮށި، ފުށަށް ބަދަލު ކުރުމެވެ. އެއަށްފަހު ތޮށީގެ ފުށް އެކި ގޮތްގޮތަށް ބޭނުން ކުރެވޭނެއެވެ.

އަންނާރުގެ ތޮށްޓަކީ އެންޓިއޮކްސިޑެންޓުން މުއްސަނދި އެއްޗެކެވެ. އެހެންވީމާ އިންސާނާގެ ހަށިގަނޑަށް އޭގެން ގިނަ ފައިދާތަކެއް ކުރާނެއެވެ. އެ ފައިދާތައް ހޯދުމަށްޓަކައި ހޫނު ފެން ތަށްޓަކަށް ސައި ސަމުސާގެ ފުށް އަޅައިގެން ސައި ބުއިމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ކަރުގައި ރިއްސާނަމަ އަދި ބަނޑަށް އުނދަގުވާނަމަ ބޯން ވަރަށް ރަނގަޅު ސައެކެވެ.

މި ފުށް ބޭނުންކޮށްގެން ފޭސް މާސްކް ވެސް ހެދޭނެއެވެ. އާމެން ބުނާގޮތުގައި ކުޑަ ފުށްކޮޅަކަށް ލުނބޯ ހުތްކޮޅެއް ޖަހާލައިގެން ޕޭސްޓެއް ހެދުމަށްފަހު އެ މޫނުގައި އުނގުޅާލުން ވަރަށް ރަނގަޅުވާނެއެވެ. ގާތްގަނޑަކަށް 20 މިނެޓު މަޑުކުރުމަށްފަހު މޫނު ދޮވެލާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!