ކޮޕުން..! ކޮޕުން..! ކައްޕި ކޮބާ ؟
ދެންމެ | 14 ޖޫން 2024
ޢީދު ބަންދަށް މާލެއިން ފުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް މި އޮޕަރޭޝަން ފުލުހުން ކުރިއަށް ގެންދަނީ ޢީދު ބަންދުގައި ގިނަ ބަޔަކު އަތޮޅުތަކުގެ އެކި ރަށްރަށަށް ޗުއްޓީ ހޭދަކޮށްލަން ދާތީ، ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރުމަށެވެ.

މި އޮޕަރޭޝަންގެ ތެރޭގައި މާލެ ސަރަޙައްދުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ކަނޑު ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތައް ބަލައި ، ރައްކާތެރިކަމާއި ސަލާމަތާ ބެހޭ މަޢުލޫމާތު ފުލުހުންގެ މުއައްސަސާއިން ދޭނެއެވެ.

މީގެ އިތުރުން ފުލުހުން ދަނީ އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޢުލޫމާތާއި އިންސްޕެކްޝަންގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ އެންމެންނަށް ރައްކާތެރި އަދި އަމާން ތަނަކަށް ހެދުމަށެވެ.

ރާއްޖެއަކީ ކަނޑުގެ އެކި ތަންތަނށް އުކާލެވިފައިވާ ޖަޒީރާ ރަށްތަކެއް ހިމެނޭ ޤައުމެއް ކަމުން، ކަނޑު ދަތުރުފަތުރު ކުރުމަކީ ދިވެހިންނަށް މަޖުބޫރު ކަމެކެވެ. ކިތަންމެ ވިއްސާރަވެ ކަނޑު ގަދަޔަސް ކަނޑުމައްޗަށް ދިވެހިން އަރަން އެބަ ޖެހެއެވެ. މިފަދަ ބައެއް ވަގުުތަކުގައި ދޯނިތައް ބަންޑުންޖަހައި ލޯބިވާ ރައްޔިތުންގެ ފުރާނަތައް ގެއްލުން ފަދަ ހާދިސާތައް ހިނގާފައިވާތީ، މިފަހަރުގެ ޢީދު ބަންދުގައި ދަތުރުފަތުރަށް ސަމާލުވުން ވަރަށް މުހިއްމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!