އެމްޑީޕީ ބަގުރޫޓް ކޮށްލުމަށް ފަހު ފައްޔާޒު އޮސްޓްރޭލިޔާ އިދިކޮޅު ޕާޓީ ޖަލްސާއަކަށް ގޮސްފި
ދެންމެ | 19 ޖޫން 2024

އޮސްޓްރޭލިއާގެ އިދިކޮޅު ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ މި ވަގުތު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޒް އިސްމާއިލް އޮސްޓްރޭލިއާގެ ސިޑްނީއަށް ފުރާވަޑައިގެންފި އެވެ.

ސިޑްނީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސަށް ފައްޔާޒް ވަޑައިގަންނަވަނީ ލިބަރަލް ޕާޓީން ދިން ދައުވަތަކަށެވެ. ހަތަރު ދުވަހަށް ކުރައްވާ މި ދަތުރުގައި އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ޕާޓީގެ އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުގައި އެމްޑީޕީ ތަމްސީލް ކުރެއްވުމަށް ފައްޔާޒްގެ އިތުރުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި ގައުމީ މަޖިލިސް މެންބަރު މުހައްމަދު ޖައިޝް ބައިވެރިވެވަޑައިގަންނަވަ އެވެ.

1944 ވަނަ އަހަރު އުފެއްދި ލިބަރަލް ޕާޓީއަކީ އޮސްޓްރޭލިއާގެ ވެރިކަމުގައި އޮތުމަށްފަހު، އިންތިހާބުން ބަލިވެގެން މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޕާޓީ އެވެ. އެމްޑީޕީ ވެސް މިހާރު އޮތީ އެ ހާލަތުގައި އެވެ. ނިމުނު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވުމުން އެމްޑީޕީގެ އަޑު ވަނީ ކެނޑިފަ އެވެ.

އަދި އަލުން އަނބުރާ ވެރިކަމަށް އައުމަށްޓަކައި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލައި މީހުން ބިނާކުރުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!