އެންމެންގެ ހިތްތައް ކަތިލި ކަމަދޫ ޒަރާ !
ދެންމެ | 21 ޖޫން 2024

މިއަލްހާ އީދުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވުރެ ކަމަދޫގެ އީދުގެ ހަރަކާތްތައް ފޯރިގަދަވެފައި ތަފާތެވެ. މުޅި ސޯސިއަލް މީޑިޔާއަށް ޒަލްޒަލާއެއް ގެނުވީ ކަމަދޫގެ ޖިންސުން ލަތީފުންގެ ފަރި ހަރަކާތްތަކުންނެވެ.

ކަމަދޫ އީދު ހަރަކާތަށް މުޅި ގައުމުގެ ނަޒަރު ހުއްޓި ތައުރީފްގެ ބަސްތައް އޮހެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. މިކަމުގައި އަންހެނެއް ފިރިހެނެއް ކުޑައެއް ބޮޑެއް ތަފާތެއް ނެތެވެ.

ކަމަދޫ އީދު ލަވައިން ފުރިހަމަ ފަރި ހަރަކާތްތަކުން ދިވެހިންގެ ހިތްތަކުގެ އެންމެ ހިމަ ނާރާ ކުޅެލި ޖާދުވީ ފަރި ހިނިތުންވުމެއްގެ ވެރިއަކީ އައިމިނަތު ޒަރާ އެވެ  އުމުރުން އެންމެ 23 އަހަރުގެ ޒަރާ އަކީ ކަމަދޫއަށް އުފަން އަލީ އަބުދުލް ކަރީމާއި ފާތުމަތު ސަފީގާގެ އެންމެ ހަގު އަންހެން ދަރިފުޅެވެ.

ކަމަދޫ ކައުންސިލްގެ ސިވިލްސާވިސް ދާއިރާގައި ހިދުމަތް ކުރަމުންދާ ޒަރާ އަކީ ކުޑައިރުން ފެށިގެން ވެސް ސަގާފީ އަދި ޒަމާނީ ނެށުމުގެ ތެރޭގައި އުޅޭ ކަބަލެކެވެ.

ޒަރާގެ ނެށުމުގެ ހަގީގީ ރޯލްމޮޑަލް މަންމަ ފަރާތުގެ މާމަ މަރުހޫމް މަރީނާ އެވެ. މަސްހޫރު ނަމުންނަމަ މާލޭ މަރީނާ އަކީ ނެށުމަށް މުޅި ރާއްޖެއަށް މަސްހޫރު ފަރާތެކެވެ.

މިހާރު ވެސް ޒިންމާދާރު ވަޒީފާއެއް އަދާ ކުރަމުންދާ ޒަރާއަކީ ހަމައެކަނި ނެށުންތެރިއެއް ނޫނެވެ. ރަށުގެ ރަސްމީ ނެށުމުގެ ހަރަކާތްތައް ކޮރިއޮގްރާފް ކުރުމާއި މޭކަޕަށް ހާއްސަ ފިހާރައެއް ހިންގުމުގެ އިތުރުން ލަވަ ކިޔުމަކީ ވެސް ޒަރާގެ ހާއްސަ ކަންކަމެވެ.

ލަވަކިޔުމަށް ހާއްސަ ސައުގުވެރިކަމެއް ހުންނަ ޒަރާ ވަނީ މިއަހަރުގެ ކެރިއޯކޭ ޗެލެންޖުން ވެސް އެއްވަނަ ހޯދާފަ އެވެ.

“ ކޮންމެ ފަހަރަކު ވެސް މިގޮތަށް ގެންނަ ލަވައިގެ ޅެން އަބަދުވެސް ހަދަނީ ކަމަދޫއިން މިފަހަރު އަލަށް ކަމަދޫ އަންހެނުންގެ އަޑު އެލަވައިން މިއިވުނީ.“ ޒަރާ ކިޔާފައި ވަނީ އަންހެނުންގެ ދަފިނެގުމުގެ ލަވަގަ އެވެ.

 

ޒަރާއަކީ ނެށުންތެރިއެއް ގޮތަށް ކުރިއަރައި ދިއުމަށް ސައުގުވެރިކަން ހުރި ކަބަލެއް ނޫނެވެ. އެހެންނަމަވެސް މޭކަޕްގެ ދާއިރާއިން އިތުރަށް ކަންކަން އުގެނި ކުރިއަރަން ބޭނުންވާ ކަމަށް ޒުވާން ޒަރާ ފާހަގަ ކުރެ އެވެ.

މިހާރު މާކެޓިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ މާކެޓިންގް ދާއިރާ އާއި ގުޅުން ހުރި ދާއިރާއަކުން ކުރިއަރައި ދިއުމެވެ.

ޒަރާ ފާހަގަ ކުރާ ގޮތުގައި އޭނާގެ ނެށުމާއި އީދުގެ މިހަރަކާތަކީ ހަމައެކަނި ކަމަދޫއަށް ހާއްސަ ކަމެކެވެ. އެއްވެސް ރަށުން ބޭރު ސޯވއެއްގައި ހަރަކާތްތެރިވުމުގެ ސައުގެއްނެތެވެ.

“ އީދަށް ވެސް އަދި އެހެން ކަންކަމުގައި ވެސް ކަމަދޫ އަކީ ވަރަށް އެއްބައިވަންތަ ރަށެއް. އެކަކު އަނެކަކަށް އެކުލަވައިގެން އެއްބާރުލައިގެން ކުރިއަށްދާ ރަށެއް. އެއީ އީދު މިހާރު ފުރިހަމަވި ސަބަބަކީ. މިފުރުސަތުގައި ކަމަދޫގެ ކުދިބޮޑު އެންމެންނަށް ސުކުރުއަދާ ކުރަން. މުޅި ރާއްޖެއަށް ނަމޫނާ ދައްކުވައިދީފި. ވަކިން ހާއްސަކޮށް ރަށުގެ ކައުންސިލާއި އަންހެނުން ކޮމެޓީ އާއި އީދު ކޮމެޓީއަށް“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!