ކަމަދޫ ކައިރިއަށް ސޯމާލިޔާ ތިން ފިރިހެނުން ޑިންގީއެއްގައި ލައްގައިފި
ދެންމެ | 22 ޖޫން 2024

ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ޑިންގީއެއްގައި ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަމަދު އާއި ދުރުނޫން ހިސާބެއްގައި އޮންނަ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އާންމުވެފައިވާ ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީދެހެން ތިބޭ މަންޒަރެވެ.

ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ކަމަދުއަކީ ބ. އަތޮޅު އުތުރުކޮޅުގައި ހިމެނޭ ރަށަކަށް ވުމުން ސޯމާލިޔާ ތިން މީހުން ލެއްގި ވަވަތި އަކީ ނ. ދެކުނު ނިމޭ ކޮޅުގައިވާ ރަށަކަށް ވުމުން މިދެރަށް ދެމެދު މާބޮޑު ދުރު ކަމެއް ނުހުންނާނެ އެވެ.

މިކަން މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!