މަހަކު ހަތިމެއް ކުރެވޭނެ ތަ!
ދެންމެ | 23 ޖޫން 2024

އެންމެ ލޮބުވެތި އަޚުންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލަން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު

އާދެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި އަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނަށް އެއްދުހުކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ ތިބާ 30 ދުވަހުން ކީރިތި ޤުރުއާން ކިޔަވާ ނިންމާށެވެ. އެހިނދު އެކަލޭގެފާނު ދަންނަވަނީ އޭ ﷲ ގެރަސޫލާއޭ، ތިމަންނައަކީ ގައިގަ ބާރު ހުރިމީހެކޭ، ވަރު ހުރި މީހެކޭ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ އެހެންކަމަށް ވާނަމަ ( މި ރިވާޔަތުގަ އާދޭ 10) އެހެންކަމަށް ވާނަމަ 7 ދުވަހުގެތެރޭގަ އެކަން ކުރައްވާށޭ. 7 ދުވަހުގެތެރޭގަ ކީރިތި ޤުރުއާން ޚަތިމްކޮށް ނިންމާށޭ. އެކަލޭގެފާނު ފަހުން ވިދާޅުވަނީ ތިމަންކަލޭގެފާނު، އެކަލޭގެފާނުގެ ފަހުގެ ޢުމުރަށް އައުމަށްފަހުގަ ދަންނަވަނީ ތިމަންކަލޭގެފާނަށް އެ ސުވާލު ނުކުރެވުނުނަމައޭ، ނޫންނަމަ ދެން އެހެން ނުބުނެވުނު ނަމައޭ ހިތަށް އަރައޭ. މާނައަކީ އޭރުން 7 ދުވަހުންނޭ ވިދާޅެއް ނުވާނެނޫންތޯއޭ، އެގޮތަށް ޙަދީޘް އެއް ނުކުރައްވާނެނޫންތޯއޭ.

އާދެ، ކީރިތި ޤުރުއާން 30 ދުވަހުން ޚަތިމް ކުރުން. ބައެއް ޢިލްމުވެރިން ވިދާޅުވަނީ މި ރިވާއަތްތަކަށް ބަލާފަ 30 ދުވަހުން މުސްލިމެއްކަމުގައި ވަންޏާމު، ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅޭކަމަށް ވަންޏާމު ޚަތިމް ކުރަންވާނެއޭ. ޚަތިމް ކުރެވެންވާނެއޭ. ކީރިތި ޤުރުއާން ކިޔެވެންވާނެއޭ. އެހެންމަ ޞާލިޙު މުސްލިމެއްގެ ސިފައެކޭ އެއީ. ރުކުނެއް ނޫން، ފަރުޟެއް ނޫން. އެކަމަކު އަހަރެމެންނަށް ބާއްވާލެއްވި އެންމެ މުޙިއްމު ފޮތަކީ މިފޮތް، އެހެންނު. އެހެންވީމަ ޞާލީޙު އަޅުވެރިއެއްގެ ގައިގައި ހުންނާނެ އެ ސިފަ.

ހަންބަލީ މަޒްޙަބްގެ ޢިލްމުވެރިން ވިދާޅުވަނީ 40 ދުވަހަށްވުރެން ކީރިތި ޤުރުއާން ޚަތިމް ކުރުން ލަސްކޮށްފި މީހާ އެކުރަނީ މަކްރޫހަ ވެގެން ވާ ކަމެކެވެ. އެމިހަކަށް މަކްރޫޙައޭ ބުނެވެނީ ފުރިހަމަ މުސްލިމަކަށް 40 ދުވަހަށްވުރެ އިތުރަށް ޚަތިމް ނުކޮށް ހުރުން. ކީރިތި ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް ބަޤަރާ ސޫރަތުން ކިޔުން. މިހިސާބަށް އައީމަ ހިނގާ އަޅުގަނޑުމެން ސުވާލު ކޮށްލަން.

އަޅުގަނޑުމެންގެ އެކި މީހުންގެ އުމުރު އެކިވަރު. އަޅުގަނޑުމެންގެ މަސެއްކަތްތައް ތަފާތު. އެކަމަކު ޞާލިޙު އަޅުވެރިޔަކު ވަޤުތު ހޯދާނެ. އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުން ކިޔެވެނީ ކިހާ މިންވަރެއްތޯ. ހިތުދަސް މިންވަރެއްތޯ. މި ސުވާލު ކުރެވެނީ ކިހާ މިންވަރެއްތޯ ތިލާވަތު ކުރަނީ. ދުވާލެއްގެ މައްޗަށް ކިޔާލަނީ. އޮފީހަށް ދިއުމުގެ ކުރިން، ނޫންނަމަ އޮފީހަށް ފުރަތަމަވެސް ކުރިން ގޮއްސަ ޞަފްޙާއެއްގެ މިންވަރުވެސް ކިޔާލެވޭތޯ. 24 ގަޑިއިރު ވޭތުވެގެން ދާއިރު ﷲ ގެ ކަލާމްފުޅުން ކިހާ ވަރެއްތޯ އަޅުގަނޑުމެންނަށް އިނގެނީ.؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!