ކުމުންދޫ ނޭޗަރ ޕާކް ’ވެހިސަރާ‘ ގައި ބަޔަކު އަލިފާން ރޯކޮށް އަންދާލައިފި އެވެ.
ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މި ހާދިސާ ހިންގާފައިވާ ކަމަށް ބެލެވެނީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.
ވެހި ސަރާ ނޭވަރ ޕާކަކީ ކުމުންދޫގެ ޖަމިއްޔާއެއްކަމަށްވާ ކުރެވި ޖަމިއްޔާއިން ތަރައްޤީކޮށް ކައުންސިލާ ހަވާލުކޮށްފައިވާ ތަނެކެވެ.
އާޢްމްވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާކްގެ ލަކުޑި ފާލަމާއި ގުޅިފައިވާ ފިނި މައިޒާން ވަނީ މުޅިން އަދާ އަޅިއަށްވެފަ އެވެ.
ކުމުންދޫ ކައުންސިލުން ބުނީ މިމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް