ރާއްޖޭގެ ސަރަހައްދުން ލަންކާ މަސްބޯޓެއް އަތުލައިގެންފި.
ދެންމެ | 07 ޖޫން 2022

ގަވައިދާއި ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ލަންކާ މަސްބޯޓެއް އެމްއެންޑީއެފް އިން ހިފަހައްޓައިފި އެވެ.

މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ މި ބޯޓު، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައިއިރު އޮތީ، .މުލީ އިރުން 76 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި، މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފް އާއި ހިއްސާ ކުރީ، އަލަމާ ދޭއް ނަމަކަށް ކިޔާ ބޯޓަކުން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

”ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފަ،“

އެމްއެންޑީއެފް އިން އިތުރަށް ބުނީ، މިހާރު މި ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ލ. ކައްދޫއަށް ދިއުމަށް ދަތުރު ފަށާފައި ވަކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ހިފަހައްޓައިފިނަމަ އެ ބޯޓުގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ޖޫރިމަނާ ދައްކަން ޖެހެއެވެ. މި ޖޫރިމަނާ ނުދައްކާފިނަމަ އެ ބޯޓު ރާއްޖޭގައި ހިފެހެއްޓުމުގެ ބާރު ދިވެހި ސަރުކާރަށް ވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!