ގއ. ކައުންސިލުން ޖުލައި 26 އަށް ބެންކޮކަށް، ތުރުކީ ދަތުރަށް ވެސް މިލިޔަނެއް ހަރަދު ކުރި
ދެންމެ | 01 ޖުލައި 2024

ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ މި ދަތި ދަނޑިވަޅުގައިވެސް ގއ. އަތޮޅުގެ ކައުންސިލުން ބެންކޮކް ދަތުރެއް ރާވާފައިވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގު ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޠިމް ފާޅުކުރައްވައިފިއެވެ.

ނާޠިމް މި ކަންބޮޑުވުން ފާޅުކުރެއްވީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ނާޠިމް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި ކަމަށާއި ބްލޮކް ގްރާންޓުގެ ގޮތުގައި 2024 ވަނަ އަހަރު 2.2 ބިލިޔަން ރުފިޔާ އެބަދޭ ކައުންސިލްތަކަށް ކަނޑައަޅާފައިވާއިރު އަތޮޅު ކައުންސިލްތަކުން ކުރާ ބައެއް ކަންތައްތަކަށް ބަލާލާއިރު އިގްތިސާދު މިހާ ދަތިވެފައިވާ ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީއާ ދުބާއީ ބެންކޮކަށް ދަތުރުތައްރާވަމުން އަންނަ ކަމަށެވެ.

“އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅުގެ ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި” ނާޠިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޠިމް ވިދާޅުވީ މި އަހަރު ގދ އަތޮޅުގެ ކައުންސިލުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837078.96 ރުފިޔާ ޚަރަދުކޮށްފައިވާއިރު ޑޮލަރު ގަތީ ކަޅު ބާޒާރުން 17.65 އަށް ކަމަށެވެ.

ކަންކަން އޮންނަންވާނެ ގޮތަކީ މިއީ ނޫންކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!