ދިވެހި ފިރިހެނަކަށް ހަށި ވިއަކަމުންދިޔަ 3 އަންހެނަކު ހައްޔަރުކޮށްފި
ދެންމެ | 05 ޖުލައި 2024

މާލޭގެ ސްޕާއެއްގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނުންނެވެ. ހައްޔަރު ކުރި ފިރިހެން މީހާގެ އުމުރަކީ 55 އަހަރެވެ. ބިދޭސީންގެ އުމުރަކީ 28 އާއި 30އެވެ. އޭގެ ތެރެއިން ދެ މީހުންގެ އުމުރަކީ 30އެވެ.

ފުލުހުން މިމީހުން ހައްޔަރަށް ގެނައީ ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ސްޕާއެއް ރެއިޑް ކުރުމުގެ ތެރޭގައެވެ.

ހަށި ވިއްކަމުންދިޔަ ދެ ބިދޭސީއަކު ރޭ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހަށިވިއްކާ ފަރާތްތައް ހައްޔަރު ކުރުމަށްފަހު ޑީޕޯޓްކޮށްލައެވެ. ހަށި ގަންނަ ގިނަ ފަރާތްތައް ޤާނޫނީ ކޮންމެވެސް ސަބަބަކާ ހުރެ އާއްމުކޮށް ދޫވެއެވެ.

ސްޕާގެ ނަމުގައި އޮޅުވާލައިގެން ހަށިވިއްކަމުންދާ ނާސިގެތައް މާލޭގައި ގިނަ އަދަދަކަށް ހުރެއެވެ. މިފަދަ ތަންތަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ކުރެވެމުން ނުދާ ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!