ޒުވާން އާސާ 60 އަހަރުގެ ދަރާ ރަސީދާއި ކައިވެނި ކުރުމުން ދިވެހި ޒުވާން ފިރިހެނުންގެ ހިތްތައް ގަތުލު ކޮށްފި އެވެ.
އާސާ ސޯސިއަލް މީޑިޔާގައި އާއްމު ކުރި ޕޯސްޓާއި އެކު ދިވެހި ފިރިހެން ޒުވާނުން ވަނީ ހިތްތައް ކުދި ކުދި ކޮށްލާފަ އެވެ.
އާސާގެ ފޭސްބުކް ޕޯސްޓަށް 600 އަށްވުރެ ގިނަ ރިއެކްސަން އައިސްފައި ވާއިރު ގާތްގަނޑަކަށް އެހާވަރަށް ވަނީ ސެއަރވެސް ކޮށްފަ އެވެ.
ދަރާ ރަސީދާއި އެކު ނަގާފައިވާ ލޯބި ފޮޓޯއެއް ހިއްސާ ކުރަމުން އާސާ އޭނާގެ ފޭސްބުކުގައި ބުނެފައި ވަނީ އުމުރަކީ އެކަނި ނަމްބަރެއް ކަމަށާއި މި ޖަޒުބީ އަސަރު ގަދަ ފިރިހެނާއެކު މުޅި އުމުުރު ހޭދަ ކޮށްލަން ނިންމައި ކައިވެނި ކޮށްފި ކަމަށެވެ.
“ Love knows no age 💍❤️ Blessed to spend my life with this incredible man. Forever and always. #LoveStory #AgeIsJustANumber #MarriedLife #TrueLove “
ފޭސްބުކުގައި ސުއޫރު ހާމަކޮށްފައިވާ ބައެއް ޒުވާނުން ބުނެފައި ވަނީ އެމީހުންގެ ބޭނުން މިއަދު ކެނޑިފައިވާ ކަމަށާއި އާސާގެ މެސެޖުން ހިތް ގަތުލް ވެއްޖެ ކަމަށެވެ.