މުހްތާޒަކީ ޓެރަރިސްޓެއް، ސްޕްރީމް ކޯޓުން އޭނާ ހައްޔަރު ކުރޭ: މަލީހް
ދެންމެ | 12 ޖުލައި 2024

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުވާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ފާޑުވިދާޅުވެެއްޖެއެވެ.

މަލީހް މިފަދައިން ވިދާލުވެފައިވަނީ އެކްސްގައި ކުރެއްްވި ޕޯސްޓެއްްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މުހުތާޒަކީ 17 އަހަރު ޖަލުގައި އޮންނަވަންޖެހޭ ޓެރަރިސްޓެއް ކަމަށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ނުކުރުމަކީ ލަތުވެތި ކަމެއް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

އޭގެއިތުރުން މަލީހް ވިދާޅުވީ ރައީސް މުއިއްޒުގެ އެޑްވައިޒަރ ރައްޔިތުން ހައްޔަރުކުރާ ވާހަކަ ދެއްކުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!