ދޫނި ކޮއްޓަކަށްލައި ދެ މީހުން ރަހީން ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
ދެންމެ | 14 ޖުލައި 2024

ކެއުމަށް ފަހު ބިލް ނުދެއްކި ދެ މީހަކު ދޫނި ކޮއްޓެއްގައި ބަންދުކޮށް ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި ދެމީހުން ދޫނި ކޮއްޓެއްގައި ބަންދުކޮށްފައި ތިބި މަންޒަރު ފެންނަ ވިޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެވީޑިއޯތަކުން ފެނަނަ ގޮތުގައި އެ ދެ މީހުން ކޮއްޓަށްް ލާފައިވަނީ ހުސްގަޔާއެވެ.

ފުލުހުން ބުނީ މި ދެމީހުން ކޮއްޓެއްގައި ބަންދުކޮށްފައި ހުރި މައްސަލަ އެ އިދާރާއިން ބަލަމުން އަންނަކަމަށެވެ. އެ ދެމީހުން ބަންދުކޮށްފައި ވަނީ އާޓިފިޝަލް ބީޗުގައި ހުރި ކޮއްޓެއްގައިކަމަށާއި އެ އެމީހުން އެ ކޮއްޓަށް ލާފައިވަނީ ތަނަކު ކެއުމަށްްފަހު އެތަނަށް ފައިސާ ނުދެއްކުމުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިއްސަލަ އެ އިދާރާއިން ބަލަމުން އަންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!