އަނިސާ މިހެން ވިދާޅުވެފައިވަނީ މިވަނީ ރޭ ބޭއްވި ޕީއެންސީ ޖަލްސާއެއްގައި، މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލާން ޖެހޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ.
ރޭ ޕީއެންސީ ހަރުގޭގައި ހުންނަވާ ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ މި ދުވަސްކޮޅު ކުރަންޖެހޭ ކަމަކީ ރައްޔިތުންވެސް ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށްް ތިރިވެލުންކަމަށެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން އަނިސާ ވިދާޅުވީ ރައްޔިތުންނަށް ނަސޭހަތްތެރިވުމުގެ ކުރިން ވެރިން ރައްޔިތުންގެ ފެންވަރަށް ތިރިވާންޖެހޭކަމަށެވެ.
ރައްޔިތުން އާދައިގެ ދިރިއުޅުމަށް ތިރިވެލަން އާރިފް ރޭގެ ޕީއެންސީ ޖަލްސާގާ ވިދާޅުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ މިހާރު ދައުލަތް އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރަށްވެސް ފައިސާ ޗާޕުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެކަމެެއް ނޫންކަން ފާހަގަކުރައްވަމުން އާރިފް ވިދާޅުވީ އިހްލާސްތެރި ވެރިންނަކީ އުނދަގޫވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށާއި ޑރ މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށެވެ.