އަނަންތު އަންބާނީގެ ކައިވެނީގެ އަގު ބޮޑު ޕާޓީގެ ހާއްސަ ބައިވެރިންނަށް ބެހި 3.6 މިލިޔަންގެ އަގު ހުރި ގަޑި ރައީސް ނަސީދަށް ލިބިވަޑައިގެންފައި ނުވާކަބް ކަށަވަރުވެއްޖެ އެވެ.
މިކަން ކަށަވަރުވެފައި ވަނީ މި ގަޑި ދީފައި ވަނީ މިޕާޓީގައި ގްރޫމްސް މަންސްގެ ގޮތުގައި ބައިވެރިވި ފަރާތްތަކަށް އެކަނި ކަމަށް ވުމުން ނެވެ.
މި ޕާޓީގައި ގްރޫމްސްމަންސްގެ ގޮތުގައި ބައިވެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ޝާހްރުކް ޚާން، ރަންވީރު ސިންގް ހިމެނެއެވެ.
ކައިވެނީގައި ގްރޫމްސްމަންސްގެ ގޮތުގައި ބައިވެރިވި ކޮންމެ މީހަކަށް އަނަންތު ވަނީ އޮޑެމާސް ޕިގޭޓް ރޯޔަލް އޯކް ޕަރޕެޗުއަލް ކެލެންޑަރ ލިމިޓެޑް އެޑިޝަންގެ ގަޑިއެއް ހަދިޔާ ކޮށްފައެވެ.
މި ޕާޓީގައި އަނަންތު އަމްބާނީ ހުރީ 34 މިލިއަން ޑޮލަރުގެ ގަޑިއެއް އަޅައިގެންނެވެ. އޭނާ އަޅައިގެން ހުރީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ، ރިޗަޑް މިލް އާރްއެމް 52-05 ޓޫބިލޮން ފަރެލް ވިލިއަމްސްގެ ގަޑިއެކެވެ.