މާލޭގެ ގެއަކަށް މީހަކު ވައްދައި، އޭނާ ބަރަހަނާކޮށް ބިރު ދެއްކުމަށްފަހު އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މި މަހުގެ 24 ވަނަ ދުވަހު ރިޕޯޓް ކުރި އެ މައްސަލައިގައި އެކައުންޓުން ފޭރިފައިވަނީ ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ގުޅުންހުރި ލިޔުންތައް