ފިއްތަ ފިއްތާ އޮށްވައި ބީއެމްއެލް އެޕް ޑައުން ވެއްޖެ
ދެންމެ | 01 އޯގަސްޓް 2024

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ބޭންކް ކަމުގައިވާ ބޭންކްއޮފް މޯލްޑިވްސް ގެ މޯބައިލް އެޕް އަނެއްކާވެސް ޑައުން ވެއްޖެއެވެ.

އެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް ބުރޫ އެރުމުން އެ ބޭންކުން ބުނެފައިވަނީ ”ޑައުން ފޯ މެއިންޓެނަންސް“ ނުވަތަ މަރާމާތަށް ބަނދު ކުރެވިފައި ވާކަމަށެވެ.

އެހެން ނަމަވެސް ކުރިން އެންގުމަކާ ނުލާ އެހާ ގިނަބަޔަކު ޚިދުމަތް ހޯދާ އެޕްލިކޭޝަނެއް މަރާމާތަށް ބަންދު ކުރުމަކީ ބޮޑެތި ކުންފުނި ތަކުން ކުރާ ކަމެއް ނޫނެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން ޚިދުމަތް މެދުކެނޑުމުން އެފަދަ ކަމެއް ވުން އެކަށީގެންވެއެވެ.

ބީ އެމް އެލް ގެ މޯބައިލް އެޕަށް ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތަށް ދިމާވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!