މާލޭގައި އިންސާނުންނަށް ނޫޅެވޭނެ ވަރުކުރީ، ކުރީގެ ސަރުކާރުން: އަމީން
ދެންމެ | 03 އޯގަސްޓް 2024

ގްރޭޓާ މާލެ ސަރަހައްދުގައި ދިރިނޫޅެވޭ މިންވަރަށް ޓްރެފިކްގެ މައްސަލަ ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގެ ޓްރެފިކް ހާލަތުގެ ސަބަބުން މާލެ އަކީ ދިރިއުޅެން އުނދަގޫތަނަަކަށް ވެފައިވާ ކަމަށެވެ.

އެ މައްސަލަ އަށް ފަސޭހަ ހައްލެއް ނެތް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަންފާއަށް ޓަކައި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

”އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު ދަންނަވަން. އަދި ކަމާބެހޭ ފަރާތްތަކާއި އާންމުން ގުޅިގެން މި މައްސަލަ ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން،“ އަމީން ވިދާޅުވި އެވެ.

މާލެ ސަރަހައްދުތަކުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ މަގުތަކުގައި ގިނަދުވަހު ބޭނުން ނުކޮށް ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ ފަށާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!