22.9 މިލިއަން ދިވެހި ރުފިޔާ ނައްތާލައިފި
ދެންމެ | 04 އޯގަސްޓް 2024

ހަލާކުވެގެން މިދިޔަ އަހަރު ނައްތާލި ދިވެހި ފައިސާގެ އަދަދު 22.9 މިލިއަނަށް އަރާކަމަށްް މަރުކަޒީ ބޭންކުން ބުނެއެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު ހަލާކުވެގެން ނައްތާލި ރުފިޔާގެ އަދަދު 22،991،960 އަރާކަމަށެވެ. އެއީ 391،957 ނޫޓްކަމަށްވެސް މަރުކަޒީ ބޭނުންކުން ބުނެއެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު ހަލާކުވެގެން އެންމެ ގިނައިން ނައްތާލަން ޖެހުނީ 20 ރުފިޔާގެ ނޫޓްކަމަށެވެ.

 

އެމްއެމްއޭއިން ނައްތާލި ނޫޓްތަކުގައި އަދަދު

5 ރުފިޔާގެ ނޫޓު: 4.3 ޕަސެންޓް

10 ރުފިޔާގެ ނޫޓު: 13.5 ޕަސެންޓް

20 ރުފިޔާގެ ނޫޓު: 39.9 ޕަސެންޓް

50 ރުފިޔާގެ ނޫޓު: 19.7 ޕަސެންޓް

100 ރުފިޔާގެ ނޫޓު: 19 ޕަސެންޓް

500 ރުފިޔާގެ ނޫޓު؛ 3.2 ޕަސެންޓް

1،000 ރުފިޔާގެ ނޫޓު: 0.4 ޕަސެންޓް

ރާއްޖޭގައި މިހާރު ބޭނުންކުރާ ”ރަންދިހަ ފަހެއް“ ނޫޓު ސީރީޒް ބޭނުންކުރަން ފެށީ 2016 ވަނަ އަހަރުއެވެ. އޭގެފަހުން 2016 އިން 2022 އަށް 106.3 މިލިއަން ރުފިޔާ ވަނީ ހަލާކުވެގެން ނައްތާލާފައެވެ. އެއީ 1.28 މިލިއަން ނޫޓްއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!