ޑރ. ޢިޔާޒާއި ޑރ. ސަހީމް ކަރާޓީ ތަޅައިގެންފި
ދެންމެ | 05 އޯގަސްޓް 2024

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތައުބާވެ ވަޑައިގަތުމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ.

ޑރ. ޢިޔާޒް މިބީދައިން ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގައި ކޮންމެ އާދިއްތަ ދުވަހަކު ޑރ. އިޔާޒް ކުރިއަށް ގެންދާ ތަފްސީރު ކްލާސްތައް ހުއްޓުވާފައި ނުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޑރ. ޝަހީމަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ ޑރ. ޝަހީމް ގެންދަވަނީ ޙަޤީޤަތް އޮޅޭގޮތަށް ދޮގު ޚަބަރު ފަތުރައްވަމުން ކަމަށެވެ. އެގޮތުން 2018 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ މަޣްރިބް ނަމާދުގެ ފަހުން އިސްލާމީ މަރްކަޒުގައި ނަގަމުން އައި ޤުރްއާން ތަފްސީރު ކުލާސް މަސްދުވަހަށް މެދުކަނޑާލީ ދަރިފުޅަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދާންޖެހިގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އަދި އެ ދަތުރަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފަށް އެކަން އެންގެވި ކަމަށާއި އެނބުރި މާލެ އައިސް އެމުވައްޒަފަށް އެކަން އެންގި ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

“އޭގެ ފަހުން (3/8/2024) ވަަނަ ދުވަހުގެ 14:16 ގައި އެމުވައްޒަފު އަޅުގަޑަށް ގުޅުއްވިއެވެ. ނަމަވެސް އެވަގުތު އަޅުގަޑަށް ފޯނުނެގެން ނެތީމާ ފަހުން ގުޅާނެ ވާހަކަ މެސެޖްކުރީމެވެ. އޭގެ އިރުކޮޅެއް ފަހުން އަޅުގަޑު އެމުވައްޒަފަށް ގުޅީމާ ވިދާޅުވީ އިސްލާމީ މަރްކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން މިސްކިތެއްގައި ކުލާސްތަައް ކުރިޔަށް ގެންދިޔުމަށް އަޅުގަޑު ގާތުގައި ބުނުމަށް ތިމަންނާ އަށް އެންގި ކަމަށެވެ.” ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެމުވައްޒަފަށް ގުޅައި އެއަމުރު ނެރުނީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން އެކަން އެންގެވީ ޑެޕިއުޓީ މިނިސްޓަރ މުޠީޢު ކަމަށް ވިދާޅުވި ކަމަށެވެ.

އަދި އެޙާދިސާގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިޔުމުން ޙިއްސާކޮށްފައިވާނެ ކަމަށާއި އެއީ މިނިސްޓަރ ނުވަތަ މިނިސްޓްރީގެ ނިންމުމެއްތޯ ސާފުކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެސިޓީއަށް އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ޢިޔާޒް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!