މަސްވެރިކަން ތިޔާގިވާން ފެށުމުން، ދިވެހި މަސްވެރިން އުފަލުން ފޮޅިއްޖެ
ދެންމެ | 05 އޯގަސްޓް 2024

ރާއްޖޭގެ މަސްވެރިކަން ދަށްވުމަށްފަހު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މި ދޭތެރެއިން މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމާ ގުޅިގެން މަސް ލިބުން ތަދުވެ، މަހުން އުފައްދާ އުފެއްދުންތަކުގެ އަގުތައް ވެސް އުފުލުނެވެ.

މިފްކޯގެ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. މިފްކޯގެ ބޯޓު ރަންދި-20 އަށް މާލެ ކައިރީގައި މިއަދު މަސްކިރާނެ އެވެ.

އަދި ލ. އަދި ތ. އަތޮޅާ ދެމެދު މަސްވެރިކަން ރަނގަޅެވެ. އެހެންނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިން ލަފާކުރަނީ އަންނަ ހަފުތާއިން ފެށިގެންނެވެ.

މިފްކޯއިން ބުނި ގޮތުގައި ރަންދި-23 އޮތީ މިހާރު މ. އަތޮޅުގައި މަސްކިރާށެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ”ދެންމެ“ އަށް ވިދާޅުވީ އިއްޔެ މ. އަތޮޅު މަޑުއްވަރި އާއި މުލަކާ ދިމާލުން 27.4 ޓަނުގެ މަސްކިރުވާފައިވާ ކަމަށެވެ. އެއީ 11 ދޯންޏަކުން މިފްކޯގެ ބޯޓަށް ކިރުވި މަހެވެ.

އެ ކުންފުނީގެ މަހާކަލަމިންޖާ މިއަދު އެ ސަރަަހައްދަށް ފުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!