ޑރ ޝަހީމް އާއި ޑރ އިޔާޒް އެއް ގަލަކަށް އަރައިފިއެވެ.
ދާދި ފަހުން ހަނިއްޔާގެ ކަށުނަމާދު ރާއްޖޭގައި ކުރުމަށް ނިންމާފައި ނުވާތީ އެކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ޑރ އިޔާޒާއި ޑރ ޝަހީމް ވަނީ އެކްސްގައި ބަހުގެ ހަމަލާތަކެއް ފޮނުވާ ފައެވެ.
އޭގެ ފަހުން އެކްސްގައި “ހަސަން ކުރުސީ” ގެ ނަމުގައި ހިންގަމުންދާ އެކައުންޓަކުން ޑރ ޝަހީމަށް ޕީއެޗްޑީ ލިބިފައިވާ ގޮތާ މެދު ސުވާލު އުފައްދައި ޖަހާފައިވާ ޕޯސްޓަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ޑރ ޝަހީމަށް ފާޑު ކިޔާފައެވެ.
އެކަމާއި ގުޅިގެން އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ ޝަހީމްގެ އިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ ސުވާލު އުފެއްދުމުގެ ޖާގައޮތް ކަމެއް ނޫން ކަމަށާއި ޕީއެޗްޑީގައި ޝަހީމް ފާސްވެފައި ވަނީ ކުދި އިސްލާހު ތަކާއި އެކުގައި ކަމަށެވެ. އަދި އެއީ މަދު ކެނޑިޑޭޓުންނަށް ވެސް ލިބޭނެ އެންމެ މަތީ މާކްސް ކަމަށާއި ޝަހީމްގެ އަތުގައި އޮތީ ރަގަނޅު ސެޓްފިކެޓެއް ކަމަށެވެ. އަދި އިޔާޒް ވަނީ އެބޭފުޅުން ޕީއެޗްޑީ ހާސިލް ކުރެއްވެވި ދުވަހުގެ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.
“ތިޔަބައިމީހުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިމެއް އެއީ ތިޔަބައިމީހުން އަދުލުވެރިނުވުމަށް ބާރުއަޅާކަމެއް ކަމުގައި ނުހަދާށެވެ. ތިޔަބައިމީހުން އަދުލުވެރިވާށެވެ. އެގޮތް ތަގްވާވެރިކަމާ ގާތެވެ.” (ސޫރަތުލް މައިދާ) ގެ އާޔަތެއް، އިޔާޒް ޕޯސްޓާއި އެކު ހިއްސާކޮށްފައިވެއެވެ.
އެއާއެކު ޑރ. ޝަހީމް ޑރ. އިޔާޒަށް ޝުކުރު ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ މެދު ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ޝައިޚު ޑރ އިޔާޒްއާއި ޝައިޚު އިލްޔާސަށް ޝުކުރު ދަންނަވާކަމަށެވެ.
ސަފުތައް އަލުން އިއާދަކޮށް މަރުޙަލާގައި ސާބިތުވެ ރައީސް ޑރ މުއިއްޒަށް ހުރިހައި ބޭފުޅުން އެއްބާރުލުން ދެއްވުމަށްވެސް ޑރ. ޝަހީމް އެދިލައްވާފައިވެއެވެ .އަދި
އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.