އީރާނުންދޭ ހަމަލާތަކުން އިޒްރޭލް ދިފާއު ކުރަން އަރަބި ހަތް ގައުމަކުން ނިކުންނާނެ އިޒްރޭލުން ބުނެފި
ދެންމެ | 06 އޯގަސްޓް 2024

އީރާނުގެ ހަމަލާއިން އިސްރާއީލު ދިފާއު ކުރަން މުސްލިމް ހަތް ގައުމަކުން ނުކުންނާނެ ކަމަށް އިސްރާއީލުގެ ކަން ޕަބްލިކް ބްރޯޑްކާސްޓާއިން ބުނެފިއެވެ.

އީރާނުން ދޭނެ ކަމަށް ބެލެވޭ ހަމަލާއިން އިސްރާއީލު ދިފާއު ކުރާ ކޯލިޝަންގައި ހިމެނޭ މުސްލިމް ގައުމުތަކަކީ ސައުދި އަރަބިއްޔާ، ގަތަރު، މިސްރު، އުރުދުން، އެކުވެރި އަރަބި އިމާރާތް އަދި ބަހުރާންއެވެ.

މި ކޯލިޝަންގައި ހިމެނޭ ހުޅަނގު ގައުމުތަކަކީ ފްރާންސް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

ކަން އިން ބުނީ އިސްރާއިލަށް އީރާނުން ދޭން އުޅޭ ހަމަލާއަށް އިސްރާއިލުން ވަރުގަދަ ރައްދެއް ނުދިނުމަށް އެމެރިކާއިން އިސްރާއިލަށް އަންގާފައިވާ ކަމަށެެވެ.

އެމެރިކާއިން ބުނީ އިސްރާއިލުން ވަރުގަދަ ރައްދެއް ދީފިނަމަ މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!