ޒައިތޫނި ތެޔޮ ލައިގެން އައިސް ކުރީމް ބުއިން މާ ފައްކާ!
ދެންމެ | 08 އޯގަސްޓް 2024

މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާގެ އިންޓަވިއުއެއްގައި، އޭނާއަށް އެންމެ ކަމުދާ ފޮނި އެއްޗެއްގެ ވާހަކަ ދައްކަމުން ކިޔައިދިން ގޮތެކެވެ. އޭނާ މި ވާހަކަ ދެއްކި ފަހުން، ޓިކްޓޮކްގައި މަޝްހޫރު ނާރަ ސްމިތުގެ ވީޑިއޯއެއްގައި މި ރެސިޕީ ޓެސްޓުކޮށްފައި ބުނީ މިހާރު މިގޮތަށް އައިސް ކްރީމްގެ ރަހަ ބަލައިނުލައި ނުނިދޭ ކަމަށެވެ.

އޭގެ ފަހުން ޓިކްޓޮކްގައި މި ޓްރެންޑު ވައިރަލް ވެގެން ގޮސް އެކި މީހުންގެ ވީޑިއޯތައް ދަނީ އާންމު ވަމުންނެވެ.

މި ރެސިޕީ ހިޔާލަށް ގެންނައިރު މިއީ މީރުވާނެ އެއްޗެއް ނޫނޭ ގިނަ މީހުންނަށް ހީވާކަން ސޯޝަލް މީޑިއާގައި މީހުން ކޮށްފައި ހުންނަ ކޮމެންޓުތަކުގަ އެނގެ އެވެ. ނަމަވެސް ނާރާ ސްމިތު މިގޮތަށް އައިސް ކްރީމް ކާތަން ފެންނަ އިރު މިއީ އަޖުމަ ބަލައިނުލައި ދޫކޮށްލާވަރުގެ ރެސިޕީއެއްކަން ނޫންކަން އެނގެ އެވެ.

ޒައިތޫނިތެލާ އެކީ ކުޑަ ލޮނުކޮޅެއް ވެނީލާ އައިސްކްރީމް ތެރެއަށް ބުރުވާލައިގެން އައިސްކްރީމްގެ ރަހަ ބަލައިލަ ބަލާށެވެ. މީގެ ވީޑިއޯތައް އެ ހުރި ފެންނާށެވެ. ކޮންމެ މީހަކު ވެސް ކުޑަ އެތިކޮޅެއް ކާލާފައި ރަހަ މީރުކަމުން ހައިރާންވެ އެވެ.

ޓިކްޓޮކުގައި މީހުން ބުނަނީ މީގައި ލަނީ ކެރަމަލް ކަހަލަ މީރު ރަހައެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!