މާވަހަރުތަކެއް ހޮވައި ކޮލަމާފުށި މުއްސަދި ވެއްޖެ
ދެންމެ | 18 އޯގަސްޓް 2024
ގއ. ކޮލަމާފުށީ ގޮނޑުދޮށުން މާވަހަރު ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޮވައިފި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު ޝާމާ ތައްހާނު ވިދާޅުވީ މާވަހަރު ކަމަށް ބެލެވޭ ފަސް އެތި އެ ރަށުން ފެނިފައިވާ ކަމަށެވެ.

ޝާމާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ފެނުނީ ބޮޑު އެއްޗެކެވެ. އެ ހިފައިގެން ދިޔަ މީހާ، މާވަހަރެއް ފެނުނު ކަމަށް ބުނުމުން، އެ ތަނަށް އެހެން ބަޔަކު ގޮސް ބެލިއިރު ފަހުން ކުޑަ ދޭތި ފެނުނެވެ. އޭގެ ފަހުން ވެސް މެދު ސައިޒުގެ ދޭތި އެ ސަރަހައްދުން ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

”އެއީ މާވަހަރެއް ކަމެއް އަދި ނޭނގޭ. ޓެސްޓް ކުރީމަ އަދި އެނގޭނީ،“ އޭނާ ވިދާޅުވި އެވެ.

މާވަހަރު ކަމަށް ބެލެވޭ އެއްޗެހީގެ ބަރުދަނުގައި ދެ ކިލޯ ހުއްޓެވެ. މިއީ ހުދަންބަރެއް ކަމަށް ވާހަކަ ދެއްކެވުނަސް އެކަން ޔަގީން ވާނީ ޓެސްޓް ހެދުމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިން ވެސް މާވަހަރު ފެނިފައި ވެ އެވެ. ބައެެއް މީހުން، މާވަހަރު ވިއްކަން މިލިއަނުން ފައިސާ ހޯދަފައިވާއިރު އަނެއް ބައި ފަހަރު މާވަހަރަށް ނުވެގެން އުކާލަން ވެސް ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!