އަސާސީ ހިދުމަތްތަކާއި މުސާރަ ދޭން ބިލިޔަނުން ޓީބިލް ގަންނަން އިއުލާން ކޮށްފި
ދެންމެ | 17 މެއި 2023

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮޑު އަދަދަކުން ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހުޅުވާލި ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 289 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1.2 ބިލިއަން ރުފިޔާގެ ޓީބިލެ ކެވެ.

ބޮޑު އަދަދަކުން ޓީބިލު ވިއްކަން ހުޅުވާލާފައިވާއިރު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިމަހުވެސް 2.18 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާފަ އެވެ.

ރާއްޖޭގައި ވިއްކާ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!