ޖިންސީ ބަލިކަށިކަމާއި ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެއެވެ. އެއީ ފަރުވާކުރަންޖެހޭ ބައްޔެއް ކަމަށް ބުނެދެވިއްޖެއެވެ. ދެން މިބަލައިލަނީ ފަރުވާ ލިބުން އެދިގެން ކުރަން އޮތް ދުޢާއަކަށެވެ.
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
”އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!“ (އަލް ފުރްޤާން: 74)
މިދުޢާގައި ހިމެނިގެންވާ ”ލޮލަށް ފިނިކަން ލިބުން“ މިއީ ވަރަށް ފުޅައުކޮށް މާނަކުރެވޭ ބަސްފުޅެކެވެ. އެއިގެ ތެރޭގައި ދެމީހުންކުރެ މީހެއްގެ ކިބައިގައިވާ ޖިންސީ އުނިކަން ނުވަތަ ބަލިކަށިކަމުން ސަލާމަތްކޮށްދެއްވެވުން ހިމެނެއެވެ. ލޮލަށް ފިނިކަން މާނަކުރެވޭއިރު އެކަންވެގެންދަނީ ހިތްހަމަޖެހުމަށެވެ. ދެމަފިރިންގެ ކިބައިން އެކަކު އަނެކަކަށް ހިތްހަމަޖެހުން ލިބުން އޮތީ ޖިންސީ ބަލިކަށިކަމުން ސަލާމަތްވެ ތިބެވިގެންނެވެ.
މިދުޢާކުރަންވީ އެކަކު އެކަންޏެއްވެސް ނޫނެވެ. ދެމަފިރިންވެސް ކުރަމުން ގެންދާށެވެ. ތިބާ ކުރާ ދުޢާ 7 އަޑުމަތިން އައްސަވައި ވޮޑިގެންވާ ﷲ ތަޢާލާ ތިބާ ކުރާ ސަބަބު ދެނެވޮޑިގެންވެއެވެ. ވީމާ ދުޢާގައި ހުރިހާ ކަމެއްގެ އަކުރުން އަކުރަށް ކިޔާކަށް ނުޖެހެއެވެ.