ޕީކޭ އާއި ވަކިވުމުން ބައެއް މީހުން ޝަކީރާ އާއި ފޮށެފި
ދެންމެ | 27 ޖޫން 2022

ލަވަކިޔުންތެރިޔާ ޝަކީރާއާ އާއި ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭއާ ދެމެދު އޮތް ގުޅުން ނިމުމަކަށް ގެނައުމުން ބައެއް ސަޕޯޓަރުން ޝަކީރާ އަށް ފުރައްސާރަ ކޮށްފި އެވެ.

ޝަކީރާގެ އާއިލާއާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަކީރާއަށް ފާރަލައި މީހުން ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

އަދި ކައިވެނީގެ ހުށަހެޅުންތައް ގިނަ ބަޔަކު ހުށަހަޅަމުންދާ ކަމަށާއި ފުރައްސާރަކޮށް ގިނަ ސިޓީތަކެއް ވެސް ޝަކީރާއަށް ލިބެމުންދާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިގެން މައްސަލަ ބަލަމުންދާ ކަމަށް ވެސް ޝަކީރާގެ އާއިލާއާއި ހަވާލާދީ ބުނެފައި ވެއެވެ.

މި މަހުގެ ކުރީ ކޮޅުގައި ޕީކޭ އަދި ޝަކީރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެމީހުން ދެމެދު އޮތް ގުޅުން ނިމަކަށް އައިސްފައިވާ ކަމަށާއި، ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވާ ކުދިންނަކީ އަބަދުވެސް ފުރަތަމަ އިސްކަންދޭ ކަންކަން ކަމަށެވެ.

މިގޮތުން އެ ދެ މީހުންނަށް ލިބިފައިވާ ކުދިންގެ ޕްރައިވެސީއަށް އިހުތިރާމު ކުރުމަށް ޕީކޭ ވަނީ އެދިފައެވެ. އަދި ހުރިހާ އެންމެންނަށް އެކަން އެނގޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 32 އަހަރުގެ ޕީކޭ އަދި އުމުރުން 42 އަހަރުގެ ޝަކީރާގެ ގުޅުމަށް 12 އަހަރު ވެފައިވާއިރު، އެ ދެމީހުން މިހާތަނަށް ކައިވެނިކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ކުދިން ވަނީ މިހާތަނަށް ލިބިފައެވެ. އެއީ ނުވަ އަހަރުގެ މިލާން އަދި ހަތް އަހަރުގެ ސާޝާއެވެ.

ޕީކޭ އާއި ޝަކީރާ ވަކިވެފައި މިވަނީ ޕީކޭ އެހެން އަންހެނަކާއެކު ޝަކީރާއަށް ”ރެޑް ހޭންޑް“ ކޮށް ފެނިގެން ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!