ގޮޓަބަޔާ ސައުދީ އެއަރލައިން އަކުން ރާއްޖެއިން ފުރައިފި
ދެންމެ | 14 ޖުލައި 2022

އިސްތިއުފާ ދެއްވަން ވެފައި އޮއްވާ ފިއްލަވައިގެން އިއްޔެ ރާއްޖެއަށް ވަޑައިގެން، ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ސައުދީ އެއާލައިނަކުން މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އޭނާ ސިންގަޕޫރަށް ފުރީ ސައުދީގެ އެސްވީ 788 ގެ ފްލައިޓުން ކަމަށް ވެއެވެ. އޭނާ ސިންގަޕޫރަށް ފުރާވަޑައިގަތީ އަނބިކަނބަލުންނާ، ދެ ބޮޑީގާޑުންނާއި ވެސް އެކު އެވެ. އޭނާ ރާއްޖެ ވަޑައިގަތީވެސް އެ ދެބޮޑީގާޑުންގެ ހިމާޔަތުގަ އެވެ.

ފްލައިޓު ފުރުމާއި ހަމަޔަށް ރާއްޖޭގެ ފުލުހުންނާއި ސިފައިން ގޮޓަބަޔާއަށް ވަނީ ސެކިއުރިޓީ ފޯރުކޮށްދީފަ އެވެ. މި އެއާލައިން ހަމަޖެހުނީ ކިހިނެތްކަމެއް ސާފެއް ނުވެ އެވެ. އެންމެ ފުރަތަމަ ގޮޓަބަޔާ ފުރަން ހަމަޖެހިފަ އޮތީ ސިންގަޕޫރުގެ އެއާލައިނަކުން ރޭ 12:00 ގައެވެ.

ނަމަވެސް ރޭ އެ ފްލައިޓުން ނުފުރާ މަޑުކުރެއްވީ ޕްރައިވެޓު ޖެޓެއް އިންތިޒާމު ކުރުމަށްކަމަށް އަޑުފެތުރުނެވެ. މިއަދު ބޭރުގެ ނޫސްތަކުން ވަނީ އެ ޖެޓު ރާއްޖެ އައި ކަމަށްވެސް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިއަދު ގޮޓަބަޔާ ފުރަން ހަމަޖައްސާފަ އޮތީ ސައުދީ ފްލައިޓެއް ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު އޮންލައިން ނޫސް ”އަވަސް“ ޔަގީންކޮށްދީފަ ވެއެވެ.

އަދި މިހާރު އެ ފްލައިޓުން ގޮޓަބަޔާ ފުރާވަޑައިގެންފައިވާ ކަމަށް ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!