މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި
ދެންމެ | 02 ޖުލައި 2022
ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާފައިވާ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފިއެވެ.

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅައިލުމަށް ހަދާފައިވާ ކޯޒްވޭ، ކަނޑާލާފައިވަނީ އިއްޔެއިން ފެށިގެން މަޑަވެއްޔާއި ހޯނޑެއްދޫއަށް އުދައަރަމުންދާތީ އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

އިއްޔެ މަޑަވެއްޔާއި ހޯނޑެއްދޫއަށްވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އުދައިގެ ސަބަބުން މަޑަވެލީގެ 98 އިންސައްތަ ގެއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ.

މިއީ މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ކަނޑާލި ތިންވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!