ރޯ ފިޔާ ގިނައިން ކާންވީ މިހެންވެ!!
ދެންމެ | 02 ޖުލައި 2022

ދިވެހީން ކެއުމުގައި ފިޔައަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ތަރުކާރީ އެކެވެ. ރޯ ފިޔައި ކެއުމުގެ އިތުރުން ކޮންމެ ކާނާއެއް ތައްޔާރު ކުރުމުގައި ވެސް ފިޔަ އަކީ މުހިއްމު ބައިވެރި އެކެވެ. 

ފިޔައަކީ ޖަރާސީމު އަދި ވައިރަސްތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިފައިވާ ތަރުކާރީ އެކެވެ. މީގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ބީ، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ސަލްފާ ހިމެނެ އެވެ. އެއާއެކު ފައިބައާއި ސޯޑިއަމްއަކީ ވެސް ފިޔާގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާ ތަކެކެވެ.

ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކުން ދުރު ކުރުމަށް ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮއްދޭއިރު ކެންސަރު ބަލިން ދުރުކޮށް ދިނުމަށް ބޭނުންވާ ގިނަ މާއްދާތައް ވެސް އޭގެއި އެކުލެވެ އެވެ.

ފިޔައެއްގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން އީ ހިމެނޭ ތަރުކާރި އަކަށް ވާއިރު ނުރައްކާތެރި އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކުރުމަށް ފިޔާ އެހީތެރިވެދެ އެވެ. އަދި ލޭ ގެ ޕްރެސަރު ރަގަޅަށް ބެހެއްޓުމަށް ވެސް ފިޔަ އަކީ ރަގަޅު ކާނާ އެކެވެ.

އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ފިޔާ ހިމެނުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!