ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅިގެން ޝާޔާން ހައްޔަރުކޮށްފި
ދެންމެ | 25 އޯގަސްޓް 2023

ގަވާއިދާ ހިލާފަށް ބަނގުރޭ ގެންގުޅުނު މައްސަލައެއްގައި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔާން ޝާހިދު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކްލިނިކަލް ލެބޯޓްރީ، މެޑިފްލެކްސްގެ މާކެޓިން އެންޑް އޮޕަރޭޝަންސް ޑިރެކްޓަރަކަށް ހުންނެވި ޝާޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.

ބަންދުން ދޫކޮށްލުމަށް ގާޒީ އިބްރާހިމް އިހުސާން އަމުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ތުހުމަތު ކުރެވެނީ ޖިނާއީ ކުޑަކުށަކަށްވެފައި، ޝާޔާންގެ ކުށުގެ ރެކޯޑެއް ނެތުމުންނެވެ.

އަދި އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅުތަކާ ފިރިމީހާ ހަވާލުވި ކަމަށްވެސް ބަންދު އަމުރުގައިވެ އެވެ.

ޝަރުތުތަކާ އެކު ޝާޔާން ބަންދުން ދޫކޮށްލި ނަމަވެސް، އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާތުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!