އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ހާލު ސީރިއަސް!
ދެންމެ | 05 ޖުލައި 2022
ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދާ 4 މީހެއްގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.

ކާރެއް ކޮންޓްރޯލްނުވެގެން ހިނގި މި އެކްސިޑެންޓްގައި 6 މީހަކު ޒަހަމްވިއިރު އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެކަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، ހަމަ އެމަގުން ދުއްވާފައިދިޔަ ބަހެއްގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހުގެ ކުރީކޮޅު ބަނޑިވެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!