ގދ. ނަޑެއްލާ ކައިރިން ޕާކިސްތާން މަސް ބޯޓެއް، ފަރަށް އަރައިފި
ދެންމެ | 08 އޮކްޓޯބަރ 2022

ގދ. ނަޑެއްލާ ކައިރިން 10 މީހުންނާ އެކު ދަތުރުކުރި ބޯޓެއް، ފަރަށް އަރައިފި އެވެ.

ފުލުހުން މިއަދު ބުނީ ނަޑެއްލާ ކައިރިން ބޯޓެއް ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، ރޭ 6:21 ހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށާއި އެމީހުން ނަޑެއްލާއަށް ގެންގޮސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުންބުނީ އެމީހުންގެ ޙާލު ރަނގަޅު ކަމަށެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އަރާފައި އޮތް ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!