ބަޑީގެ ހަމަލާއިން ޒަހަމްވި އަބޭ އަވަހާރަ ވެއްޖެ.
ދެންމެ | 08 ޖުލައި 2022

މިއަދު ބަޑީގެ ހަމަލާއެއްގައި ޒަހަމްވި، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، 67، އަވަހާރަވެއްޖެއެވެ.

އަބޭގެ ހަށިކޮޅަށް ބަޑި ޖެހީ، މިއަދު ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.

އެ ހާދިސާގެ ވީޑިއޯތަކުން އަބޭ ވާހަކަ ދައްކަވަން ހުންނަވަނިކޮށް، ދެ ފަހަރަކު ބަޑީގެ އަޑު ކަމަށް ބެލެވޭ އަޑެއް އިވެއެވެ. އެއަށް ފަހު އަބޭ ބިން މައްޗަށް ވެއްޓި ވަޑައިގަންނަވާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

ޖަޕާންގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބޭގެ މޭ މައްޗަށާއި ކަރަށް ވެސް ވަނީ ވަޒަން އަރާފައެވެ.

އެ ހަމަލާއަށް ފަހު އަބޭ ހެލިކަޕްޓަރުގައި ގެންދިޔައީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލަށެވެ.

އަބޭއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައިވެއެވެ.

އަބޭއަކީ ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަގާމު ފުރުއްވީ ޑިސެމްބަރު 2012އިން ސެޕްޓެމްބަރު 2020އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!