އަންހެނުން ބޭނުން ކުރަންވީ ކިއުކަންބާ
ދެންމެ | 09 ޖުލައި 2022

ކިއުކަމްބާ ކެއުމުގެ ފިރިހެނުންނަށް ވުރެ އަންހެނުންގެ ހަށިގަނޑަށް ކުރާ ފައިދާތައް ގިނަ އެވެ. އަންހެނުން ނަކީ އުފެދުމުގައި ނާޒުކީ ބައެކެވެ. ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި އިންތިހާ މަސައްކަތް ކުރާ ބައެކެވެ. ކިއުކަންބާގައި އެކުލެވިގެންވާ މާއްދާތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ފައިދާ އިންތިހާއަށް ބޮޑެވެ. ކިއުކަމްބާއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ.

 

ހަށިގަނޑުގައި ވަރު ޖައްސައިދޭ

ހާރުދަމު ކިއުކަމްބާއެއް ކެއުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ކިއުކަމްބާއަކީ 95 ޕަސެންޓް ފެން އެކުލެވޭ ތަރުކާރީއަކަށް ވުމާއެކު މިއީ ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދޭ ޒަރިއްޔާ އެކެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ވަރުޖެހި ބާރު ލިބުމެވެ.

 

އަނގައިން ނުބައި ވަސް ފިލުވައިދޭ

ކިއުކަމްބާގައި ހިމެނޭ ފައިޓޯކެމިކަލްތަކުގެ ސަބަބުން އަނގަ ހިކުމުން އަނގައިގައި އުފެދޭ ޖަރާސީމުތައް ނައްތާލައި އަނގައިން ދުވާ ނުބައި ވަސް ފިލުވައިދެ އެވެ. އަދި ތާޒާ ނޭވާ ލިއްބައިދެ އެވެ.

 

ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ

ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދޭ ކަމެކެވެ. ކިއުކަމްބާ އަކީ އޭގައި ގިނަ މިންވަރަކަށް ފެންއެކުލެވޭ މޭވާ އަކަށް ވީހިނދު، ކިއުކަމްބާ ބޭނުންކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގައި އެހީތެރިވެދެ އެވެ. އާދަވެ ކިއުކަމްބާ ބޭނުންކުރާނަމަ، މަސާނާ (ބްލެޑަ) ގައި އުދެފޭ ހިލަތައް ނައްތައިލަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!