އީލޮން މަސްކް ޓްވިޓާ ނުގަންނަން ނިންމައިފި
ދެންމެ | 09 ޖުލައި 2022

މަހުޖަނު އީލޮން މަސްކް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ހެދި އެއްބަސްވުމާ ޓްވިޓާއިން އެކި ގޮތްގޮތުން ހިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އޭނާ ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ޓްވިޓާ ގަންނަން ނިންމިކަން އޭޕްރީލް މަހު އިއުލާނުކުރި ފަހުން މި މުއާމަލާތާ ގުޅޭ ގޮތުން އެތައް ކަމެއް ވަނީ ހިނގައިފަ އެވެ. ޓްވިޓާ ގަތުމުގެ ވިސްނުން ދޫކޮށްލި ސަބަބެއް ކަމަށް މިފަހަރު މަސްކް ބުނެފައިވަނީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްހަ އަދަދު ދޭން ޓްވިޓާއިން އިންކާރު ކުރުމެވެ.

ޓްވިޓާ ނުގަންނަން ފަހު ވަގުތު މަސްކް ނިންމުމުން ޓްވިޓާއިން ވަނީ އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ، އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތެއްގައި މަސްކް އެއް ބިލިއަން ޑޮލަރުގެ ފީއެއް ބަދަލުގައި ދޭން ޖެހިދާނެ އެވެ.

ޓްވިޓާ ނުގަންނާނެ ކަމަށް އިއުލާނުކުރުމުގެ ކުރިން މެއި މަހު މަސްކް ވަނީ ސްޕޭމް އަދި ފޭކް އެކައުންޓްތަކުގެ މައްސަލާގައި، ވިޔަފާރީގެ މި މުއާމަލާތް މަޑުޖައްސާލިކަން އިއުލާނުކޮށްފަ އެވެ. މަސްކް ވަނީ ޓްވިޓާގެ ސްޕޭމް އަދި ބޮޓް އެކައުންޓްތަކުގެ އަދަދު އުޅޭނީ ފަސް ޕަސެންޓަށް ވުރެ ދަށުގައި ކަމަށް ޓްވިޓާއިން ބުނާ ބުނުމުގެ ހެކި ދެއްކުމަށް އެދިފަ އެވެ.

މިކަމާ ބެހޭ ގޮތުން މަސްކުގެ ލޯޔަރު އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސްކް ބޭނުންވާ މައުލޫމާތު ދިނުމުގައި ޓްވިޓާ ފެއިލްވެފައިވާ ކަމަށެވެ. މަސްކުގެ ބައެއް ހުށަހެޅުންތަކަށް ޓްވިޓާއިން އިޖާބަ ނުދޭ ކަމަށާއި ބައެއް ފަހަރު ހުށަހެޅުންތަކަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ޓްވިޓާގެ ޑީލް ނިމުމަކަށް ގެންނަކަން އިއުލާނުކުރާ އެކު ޓްވިޓާގެ ހިއްސާގެ އަގު ވަނީ ހަތް ޕަސެންޓް ދަށްވެފަ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!