ތިން މަސްތެރޭ އާ ރަންވޭ ބޭނުން ކުރަން ފަށާނަން: އެމްސީއެލް
ދެންމެ | 10 ޖުލައި 2022

ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކޮށްފައިވާ އާ ރަންވޭ ބޭނުން ކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފި އެވެ.

ދެހާސް ސަތާރަވަނަ އަހަރު ތަރައްގީ ކުރުމަށް ފެށެ އާ ރަންވޭގެ އަމަލީ މަސައްކަތް 2018 ވަނަ އަހަރު ނިންމާ އެތަނަށް ޓްސްޓު ފްލައިޓްވެސް ޖެއްސި އެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެ ރަންވޭ ބޭނުން ނުކުރެވި އޮތީ، މިހާރު ބޭނުންކުރަމުންދާ ސީ ޕްލޭން ޓާމިނަލް، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ރަންވޭއާއި ކައިރިވުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އާ ރަންވޭ ހުޅުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، އަލަށް ތަރައްގީ ކޮށްފައިވާ ސީޕްލޭން ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް ނިމުމުން، މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލް އެތަނުން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަދި މިހާރުވެސް ގިނަ ހިދުމައްތަކެއް އަލަށް ތަރައްގީ ކުރި ސީޕްލޭން ޓާމިނަލަށް ބަދަލުކޮށްފައި ވާކަމަށާއި، މިހާރު އުދުހުންތައްވެސް އަލަށް ތަރައްގީކުރި ޓާމިނަލަށް ބަދަލުކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ހިދުމަތްތައް ކުރީގެ ޓާމިނަލުން ދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ހަފްތާއެއްހާ ދުވަސްތެރޭ އެހިދުމަތްތައްވެސް ބަދަލުކުރެވިގެން ދާނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ، މި ހުރިހާ މަސައްކަތެއް ނިންމާ ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ އަލަށް ތަރައްގީ ކޮށްފައިވާ ރަންވޭ އިން ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އަހަރުގެ ފަހު ކުއާޓާގައި އާ ރަންވޭ ބޭނުން ކުރުމަށް އަމާޒު ހިފާފައި ވާކަމަށެވެ.

އަލަށް ތަރައްގީ ކޮށްފައިވާ ރަންވޭ މިހާރު ބޭނުން ކުރަމުން ދަނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!