ނަސީދަށް އެއްޗެހި ކިޔަން އެމްޑީޕީ މައި ހަރުގެ ނުހުޅުވޭނެ ކަމަށް ގޭގެ ވެރިފަރާތުން ފައްޔާޒަށް އަންގައިފި
ދެންމެ | 15 ނޮވެމްބަރ 2022

އެމްޑީޕީ ޗެއަރޕާޝަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލަށް އެމްޑީޕީ މައި ހަރުގެ ހުޅުވަން މަސައްކަތް ކުރުމުން ގޭގެ ވެރިފަރާތުން އެކަން ހުއްޓުވައި ހުއްދަ ނުދީ ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ މައި ހަރުގެ ހަރަކާތްތައް ހިންގުމަށް ރައީސް ސޯލިހްގެ އަމުރަށް ފައްޔާޒު މަސައްކަތް ފެށުމުން ގޭގެ ވެރިފަރާތް ސަފިއްޔާ ޒުބޭރު ވަނީ ރައީސް ނަސީދުގެ ބަހެއް ނެތި ހަރުގޭ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.

އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވީ ރީކޯ މޫސަގެ މޭސްތެރިކަމުގެ ދަށުން ހަރުގެ ޖަލްސާތައް ބޭއްވުމަށް ހަރުގެ ސާފް ކުރުމަށް މަސައްކަތް ކުރުމުން އެކަން ވެސް ގޭގެ ވެރިފަރާތުން ހުއްޓުވާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ފައްޔާޒަށް އަންގާފައި ވަނީ ނަސީދަށް އެއްޗެހި ކިޔަން އެތަން ބޭނުން ނުކުރެވޭނެ ކަމަށެވެ.

“ ރައީސް ސޯލިހްގެ އިރުސާދުގެ ދަށުން ފައްޔާޒުގެ ވަނީ ރީކޯ މޫސަގެ މޭސްތިރިކަމުގެ ދަށުގައި ޖަލްސާތައް ބާއްވަން އުޅެފައި. ސާފް ކުރަން މީހުން ވެސް ފޮނުވި. އެހެންނަމަވެސް ސަފިއްޔާ ޒުބައިރު ބުނީ އެތަނުގައި ހުންނާނީ ރައީސް ނަސީދުގެ ތަކެތި ކަމަށް. އެތަނުގައި ރައީސް ނަސީދަށް އެއްޗި ގޮވަން ޖަލްސާ ނުބޭއްވޭނެ ކަމަށް.“ ނަން ނުޖެހުމަށް ސަރުތުކޮށް އޭނާ ބުންޏެވެ.

އެމްޑީޕީ މައި ހަރުގެ ހުންނަނީ މާލޭ އާޓިފިސިއަލް ބީޗް ކައިރީ ބޮޑުތަކުރު ފާނު މަގަށްވާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް
  1. އަބޫ

    ބަަަލ ސަފިއްޔ.. ނަޝީދ ތަކެއްޗެއ ޕާޓ ގަރުގެއަކު ނުހުންނާނ.ެެ. ހުންނަނ ޕާޓީ ތަކެތި. އެއީ އެމް. ޑީ. ޕީ އެންމެންގެ ޙައްޤެއް. އަނެއްކޮޅުން ތިހަރުގޭގައި ނަޝީދަށް އެއްޗެހި ގޮވޭދޯ ޕާޓީގެ އެހެންމީހުންނަށް.. ތީކޮންކަހަލަ ޑިމޮކްރަސީ އެއްތަ? ނަޝީދަށް ހުރިހާ ކަމެއް ހުއްދަ.. އެހެން މީހުންނަށް ޙަރާމް. ނަޝީދު މިހާރު އެއޮތީ އަގު ވެއްޓި ތާއީދު ގެއްލިފައި. އަސާސީ ޤަވާޢިދު ބުނާގޮތުން ޕާޓީގެ އިސްވެރިޔަކީ އެއިރެއްގައި ވެރިކަމުގައި ހުރީ ޕާޓީ މީހެއްނަމަ އެމީހަކު،އެހެންވީމާ ޕާޓީ ވެރިޔަކީ އިބޫ.. ސަފިއްޔާ އަކީ ބިމުގެ ވެރިމީހާ ވިޔަސް ކުއްޔަށްދީފައި ހުރިނަމަ ތިހަރުގެއަށް ބާރެއް ނުހިންގޭނެ.

  2. ޙެއްވާ

    އަސްލުގަ ރަށުބަހުން ލިޔަން ވަކި ނޫހެއް ހަދަންވީނުން.. މާލެ މަހުން ލިޔަންޏާ ދިވެހިން ލިޔާނީ.. ބަހުރަވަޔަކުން ނޫން.. ނަސީދު އެއް ނޫން.. ނަޝީދު..އިރުސާދެއް ނޫން އިރުޝާދު .. ބައްޔާ ބޯނެތީ ދޯ.. ބޯ ހުންނަން ބޭނުން..

  3. ޖުހާ

    ”ސަފިއްޔާ ޒުބައިރު“ އެއް ނޫން ކިޔަނީ. ޝަފީޢާ ޒުބައިރު ކިޔަނީ. ރަނގަޅަށް ލިޔަންކިޔަންވެސް ނޭނގޭ މީހަކު ލިޔެފައި އޮތް ލިޔުމެއް. ލިޔުމުގެ ކުށްވެސް އެހާ ގިނަ.