މިނިސްޓްރީ ރިފޯމް ކުރާތީ، ފައިސަލްގެ ޕާމަނަންޓް ސެކްޓަރީ ވެސް މަގާމުން ވަކިކޮށްފި
ދެންމެ | 03 ފެބްރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަރަމެންޓް މިނިސްޓްރީ އެއްކޮށްލުމުން، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ ފާތިމަތު ޝައުފާ މަގާމުން ވަކިކޮށްފި އެވެ.

ޝައުފާ މަގާމުން ވަކި ކުރިކަން އޭނާ ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. އެކަން އެންގީ އަނގަބަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އަނގަ ބަހުން އެންގީ. ދެ މިނިސްޓްރީ އެއްކޮށްލާ ރިފޯމު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ނިންމި ނިންމުމެއް ކަމަށް،“ ޝައުފާ ވިދާޅުވި އެވެ.

ދެ މިނިސްޓްރީ އެއްކޮށްލާ ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އައްޔަނު ކުރެއްވީ އެންވަރަމެންޓް މިނިސްޓްރީގެ މަގާމުގައި ހުންނެވި ތާރިގު އިބްރާހިމް އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!