ލިވާތު ކުޅުނު އަލަމްގިރި ހައްޔަރު ކޮށްފި
ދެންމެ | 12 ޖުލައި 2022

ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމް ގިރި ހައްޔަރުކޮށްފިއެވެ.

ދެންމެއަށް އެނގިފައިވާ ގޮތުގައި އަލަމް ގިރި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންރުފަހު 15:00 ހާއިރު އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި ހުއްޓައެވެ. އެއީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެކެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

އަލަމް ގިރިއާ އެކު ހައި ޕްރޮފައިލް ދެ ބޭފުޅަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.

އެ އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

އަލަމް ގިރި މައާފަށް އެދި ތައުބާވާ ވީޑިއޯއެއް މީގެކުރިން ވަނީ އާއްމްވެފަ އެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް