އިސްލާމްދީން ހަތިޔާރަކަށް ހެދުން ގޯސް ކަމަށް ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވެއްޖެ
ދެންމެ | 14 ޖުލައި 2022

މިރާއްޖޭގައި އިސްލާމްދީން ފަނޑުވަމުންނުދާ ކަމަށާއި އެކަން ނުވެސްކުރެވޭނެ ކަމަށް މުހުތާޒް ވިދާޅުވިއެވެ. ހަމަ އެއާއެކު ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި މަތިވެރި އިސްލާމްދީން ހަތިޔާރަކަށްހެދުމަކީ ގޯސްކަމެއްކަންވެސް މުހުތާޒް ފާހަގަކުރެއްވިއެވެ.

”އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫން.“ އިމްރާނަށް ރައްދު ދެއްވަމުން މުހުތާޒް ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އިމްރާނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީއަކީ ސަރުކާރުގެ ލާދީނީ ކަންކަމަށް ފަސްއަޅައިދޭން އޮންނަ “އުދައްޔެއް“ ކަމަށެވެ.

ޝެއިހް އިމްރާނަށް ރައްދު ދެއްވަމުން ‏ޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވީ އަދާލަތު ޕާޓީގެ ޒަޢާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ޤައުމުގެ އިސްލާމީ ދީނީ، އަޚްލާޤީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އަދާލާތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!