ގާނޫނާއި ހިލާފަށް ބިދޭސީއަކު ހައްޔަރުކޮށް، ގޮޓަބަޔަ އަށް ފާޑުކިޔާތީ މުހްތާޒު ރަތައް.
ދެންމެ | 15 ޖުލައި 2022

ރައީސް ގޮޓަބަޔަ ރާއްޖޭގައި ޓްރާންސިޓް ދަތުރުފުޅެއްގައި މަޑުކުރައްވާފައިވާތީ އިދިކޮޅުން ފާޑުވިދާޅުވަމުން ގެންދަވާތީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ފާޑުވިދާޅުވެއްޖެ އެވެ.

މުހުތާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލް އަގްވާމީ ގާނޫނު ހިލާފަށް ބިދޭސީއަކު ހިފާ ހައްޔަރުކޮށް ބަޔަކު ފާޑުކިޔާތީ ލަދުވެތިވާ ކަމަށެވެ.

‏“ރާއްޖޭގެ ގާނޫނުތަކާއި ބައިނަލް އަގުވާމީ އުސޫލުތަކާއި ޚިލާފަށް ރާއްޖެއިން ބިދޭސީއަކު ހައްޔަރުކޮށް ސިޔާސީ މަންފާއަށްޓަކައި ބާރުގަދަ ގައުމަކާއި ހަވާލުކުރުމުގައި އިސްދައުރެއް އަދާކުރި ބަޔަކު މިއަދު ނިކުމެ ލަންކާގެ ގާނޫނީ ރައީސަކު ރާއްޖެއަށް އައިސްގެން ކަންބޮޑުވުން ފާޅުކުރުން ލަދުވެތި“ މުހްތާޒުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

ބެލެވޭގޮތުގައި މުހްތާޒު އިސާރާތް ކުރައްވާފައި ވަނީ ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރުގައި ހުންނެވި ދުވަސްވަރު ރަސިޔާގެ ރައްޔިތަކު ހިފާ ހައްޔަރުކޮށް އެމެރިކާ ސަރުކާއި ހަވާލުކުރި ކުރުމަށެވެ. މިކަމުގައި އޭރުގެ ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫންގެ ބައިވެރިވުން ބޮޑު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް