ގައުމަށް ހިދުމަތް ކުރުގައި ދެމިހުންނާނަން: ގޮޓަބަޔަ
ދެންމެ | 16 ޖުލައި 2022

ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަސްއޫލިއްޔަތުތައް އަދާކުރެއްވީ އާދަކުރެވެން އޮތް އެންމެ ފުރިހަމައަށްކަމަށާއި އިސްތިއުފާދެއްވިނަމަވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނޭކަމަށް ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާދެއްވި ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ގޮތަބަޔާ މިހެން ވިދާޅުވީ އެނާ މަގާމުން އިސްތިއުފާ ދެއްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައެވެ.

ގޮތަބަޔާ ވިދާޅުވީ އޭނާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ 3 މަސް ނުވަނީސް ކޯވިޑްގެ ބަލިމަޑުކަން ފެތުރި، ގައުމުގައި އޮތް އިގްތިސާދީ ހީނަރުކަން އިތުރަށް ބޮޑުވެގެންދިޔަކަމަށެވެ. ނަމަވެސް އޭނާގެ ގައުމުގެ ރައްޔިތުން ކޯވިޑުގެ ބަލިމަޑުކަމުން ސަލާމަތްކޮށްދެވުނުކަން ފަހުރުވެރިކަމާއެކު ފާހަގަކުރާކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

އެގޮތުން ކޯވިޑުން އަރައިގަނެވުނަސް، 2 އަހަރެއްހާ ދުވަހަށް ބޯޑަރު ބަންދުކޮށްފައި އޮތުމުން ގައުމުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިކަން ގޮޓަބަޔާ ފާހަގަކުރެއްވިއެވެ. އަދި ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހުއްޓުވައި، އަމާންކަން ގާއިމްކުރުމަށް ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރެއް ގާއިމްކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވިކަމަށްވެސް ގޮތަބަޔާ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިވަޑައިނުގަތުމުން ރައްޔިތުންނާއި ހުރިހާ ޕާޓީތަކަކުން ބޭނުންވާ ގޮތަށް އިސްތިޢުފާދެއްވަން ނިންމެވީކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވީ ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވީ އާދަކުރެވެން އޮތް އެންމެ ފުރިހަމައަށްކަމަށެވެ. އަދި އިސްތިއުފާދެއްވިނަމަވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނޭކަމަށް ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާދެއްވި ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވިއެވެ.

ގޮތަބަޔާ އިސްތިޢުފާދެއްވީ ރާއްޖޭގައި އެއް ދުވަސް ހޭދަ ކުރެއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު، އީމެއިލް މެދުވެރިކޮށް ފޮނުއްވި ސިޓީއަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!