ގުއާޓަމާލާގެ ހާއްސަ އިއްޒަތް ޝާހިދަށް އަރުވައިފި
ދެންމެ | 16 ޖުލައި 2022

ގުއާޓަމާލާގެ ”އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ“ ގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ގައުމުން އަރުވައިފި އެވެ.

ގުއާޓަމާލާގެ ވެރިކަންކުރާ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝާހިދަށް އެ އިއްޒަތް އެރުވުމަށް އެ ގައުމުގެ ރައީސް ހާއްސަ ގަރާރެއް ނެރުއްވި އެވެ. ޝާހިދަށް އިއްޒަތް އެރުވީ ހާރިޖީ ދާއިރާ އިން ކޮށްދެއްވި ހިދުމަތްތަކާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެ އިއްޒަތް ނިސްބަތް ވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސީ ލީޑަރު އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!