ރައީސް ޔާމީން ޖަލަށްލުމަށް އަދުރޭ ވަރަށް މަސައްކަތް ކުރޭ: އިލްހާމް
ދެންމެ | 17 ޖުލައި 2022

ރައީސް ޔާމީން ޖަލަށްލުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް ބޭނުންވޭ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ޖުމްހުރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވަނީ ރައީސް ޔާމީންގެ ނަން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ބުނެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް ނާންނާނެ ކަމަށް މީގެކުރިން ވެސް އަދުރޭ އަދި ޕީޕީއެމް/ޕީއެންސީ އިން ބުނަމުން އަންނަ ވާހަކަ މިއަދުވެސް އަދުރޭ ވަނީ ތަކުރާރު ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނެތް ހާލަތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޕީޕީއެމް އިން ތާއީދު ކުރާނެ ކަމަށް ބުނެ އެޕާޓީން ވާހަކަތައް ފަތުރާ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ޕީޕީއެމްގެ އާއްމު މެންބަރުންގެ ހިތްތަކުގައި ނުތަވަނަސްކަން އުފެއްދުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ޔާމީން ޖަލަށްލައިފި ނަމަ، ކަންކުރަންވީ ގޮތް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމް އިން ވެރިކަމަށް އަންނަން މަސައްކަތް ކުރާނީ ޕީޕީއެމްއާއި ޕީއެންސީގެ އާއްމު މެންބަރުންގެ ތާއީދާއެކު ކަމަށާއި އިތުރު ބަޔަކާއެކު ކޯލިޝަނެއް ނުހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެވާހަކަތަށް ޖޭޕީ އިން ވަނީ ރައްދު ދީފައެވެ. ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ލީޑަރުގެ އެޑްވައިޒާ އިލްހާމް އަހުމަދު ވިދާޅުވީ ޔާމީން ޖަލަށްލުމަށް ގާސިމް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ގާސިމަކީ އެފަދަ އަނިޔާވެރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޔާމީން ޖަލަށްލުމަށްފަހު ވެރިކަމަށް އައުމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންތަކެއް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

“ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ޓަކައި ނުވަތަ އޭގެ އުންމީދުގައި ތިބީ ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް ބޭފުޅުން އެބަ ތިއްބެވި،” ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުންނަށް އަމާޒު ކުރައްވާ އިލްހާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޖަލުގެ ހުކުމެއް ހޯއްދެއްވުމަށް ރެއާއި ދުވާލު އެބޭފުޅުން އަންނަނީ މަސައްކަތް ކުރައްވަމުން ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޔާމީން ޖަލަށް ލައިގެން ޖޭޕީ އަށް ވެރިކަމެއް ނުލިބޭނެ ކަމަށެވެ. އެކަމުގެ ފައިދާއެއްވެސް ޖޭޕީއަށް ނެތް ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކަށް ނުލިބޭ ރިޔާސީ ކެންޑިޑޭޓު

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!