މީރާ ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފި
ދެންމެ | 10 އޯގަސްޓް 2022

ޓެކްސްގެ މައި އިދާރާ، އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފިއެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެ އޮތޯރިޓީގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަގެއް ވަދެފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އޭނާ ވަގަށް ގެންގޮސްފައިވަނީ މުވައްޒަފެއްގެ މޭޒު ކަބަޑުގައި ބަހައްޓާފައި ހުރި 25 ރުފިޔާ ކަމަށް ފަތުޙުﷲ ވިދާޅުވިއެވެ.

”އިތުރު ޑޮކިއުމެންޓެއް ވެސް އަދި ލެޕްޓޮޕެއް އެއްޗެއް ވެސް ނެތް ގެންގޮސްފައެއް. އެ 25 ރުފިޔާ ނެގީ،“ ފަތުޙުﷲ ވިދާޅުވިއެވެ.

ފަތުޙުﷲ ވިދާޅުވިގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ފައިސާތައް މީރާއިން ވަރަށް ރަނގަޅަށް ބަލަހައްޓާތީ ވަގަކު ވަނަސް އެތަކެތި ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަގުންގެ ހަރަކާތްތައް ސީސީޓީވީއަށް އަރާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ނޭނގެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!