ޤުލޯބަލް މާޗް ޓު ޤާޒާ ނަމުގަ ދުނިޔޭގެ އެކި ކަންކޮޅުތަކުން އީޖިޕްޓް އާ ޣައްޒާ ގުޅޭ ބޯޑަރު ކައިރިއައް ޖަމާވާން ނިންމާ އެކަމުގެ ބައިވެރިވާާން ބޭނުންފުޅުވާ އެންމެންނައް ދައުވަތު ދީފައިވެއެވެ.
މި އެއްވުމަކީ މުޅި ދުނިޔެ ޣައްޒާ ހިމާޔަތް ކުރަން ނުވަތަ ކާބޯތަކެތި ފޯރުކޮއްދޭން ނުކުޅެދިފައިވާތީ އާންމުން ނިކުމެ އަޑު އުފުލުމައް ކަމައް ވެއެވެ.
މި އެއްވުމައް ޖަމާވާން ކަނޑައެޅިފައިވާ މަންޒިލައް ދިއުމައް ހަމަޖެހިފައިވަނީ ފައިމަގުގައެވެ. 48 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ފައިމަގުގައި ދިއުމައް ހަމަޖެހިފައިވެއެވެ.
3 ދުވަސް ވަންދެން އެތާގަ ކޭންޕު ޖަހައިގެން ތިބުމައް މިކަން އިންތިޒާމު ކުރާ ބޭފުޅުން ނިންމައިފިވެއެވެ. މިހާރުވެސް 20 ވަރަކައް ޤައުމުގެ މީހުން މި މާޗްގަ ބައިވެރިވެ. އަދި އިތުރައް ބައިވެރި ވާާން ބޭނުންފުޅު ބޭފުޅުން ކަންތައްކުރަންވީ ގޮތް އަންގަވާފައިވެއެވެ.
ޖޫން 12 ގަ އީޖިޕްޓް ގެ ކައިރޯއައް މީހުން ޖަމާވެ އެތާގަ މަޑުކުރުމައްފަހު ޖޫން 13ގަ ބަސްތަކުގަ އަލް އަރިޝް ސިޓީއައް ޖަމާވެ. އެތަނުން 48 ކިލޯ މީޓަރުގެ މާޗް ފައިމަގުން ޖޫން 15 ގަ ފެށޭނެ ކަމައް އެނގިފައިވެއެވެ.



